އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ޑރ. ޖައިޝްކަރު މަގާމާއި ހަވާލުވެވަޑައިގެންފަހުން ފުރަތަމަ ފަހަރަށް އައްޑުއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް މިރޭ ބާއްވާނެއެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖައިޝްކަރު އައްޑުއަށް ވަޑައިގެންނެވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިވަގުތު ހުންނެވީ އައްޑޫ ސިޓީގައެވެ. ރައީސް ޞާލިހާއެކު ބާއްވާ ބައްދަލުވުމަށް ފަހު އޭގެ ފަހުން ދެ އެމްއޯޔޫއެއްގައި ސޮއިކުރެއްވުބް ވެސް އޮންނާނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެއެވެ. އޭގެފަހުން ޝާހިދާއި ޖައިޝަންކަރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެއެވެ.
އެއްދުވަހުގެ ރަސްމީ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖައިޝްކަރު މާދަމާ ފުރާވަޑައިގެންވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު