ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖޭ.އެސް ޖަޝަންކަރާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ އައްޑޫ ސިޓީގައެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަޑައިގެން ހުންނެވީ އައްޑޫ ސިޓީގައެވެ. ރަސްމީ ދަތުރުފުޅެއްގައި ޑރ. ޖޭއެސް ޖަޝަންކަރު ވެސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ހާރިޖީ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންޑިއާގެ އެހީގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ހާއްސަ ގޮތެއްގައި އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ހާރިޖީ ވަޒީރު އިއްޔެ ރާއްޖެ ވަޑައިގެންފައިވާއިރު، ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ވަނީ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ރޭ ސޮއިކުރި ދެ އެމްއޯޔޫއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ވިއުގައާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް ގުޅާލުމުގެ އެއްބަސްވުމަކާއި އެއް ގައުމުން ދޫކުރާ ކޮވިޑް ވެކްސިން ކާޑް އަނެއް ގައުމުން ބަލައިގަތުމާ ގުޅޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ މަތީތަޢުލީމުގެ ވިއުގައާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކު ގުޅާލާ ގާއިމްކުރެވޭ ރިސޯސް ހަބެއް އުހެއްދުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ތައުލީމީ އިދާރާތަކާ ރާއްޖޭގެ މަތީތަޢުލީމު ފޯރުކޮށްދޭ އިދާރާތައް އޮންލައިންކޮށް ގުޅާލެވި އެ ތަންތަނުގެ ވަސީލަތްތައް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދާނެއެވެ. ހަމައެއާއެކު ޓެލެމެޑިސިން އާއި މޫސުން ލަފާކުރުމާއި ދުރުންދޭ ތައުލީމުގެ ނިޒާމާއި ސެކިއުރިޓީ ފަދަ ކަންކަމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރި ވެކްސިން ކާޑާ ގުޅޭ އެއްބަސްވުމަކީ، ދެ ގައުމުގެ ވެކްސިން ކާޑު އެއްގައުމުން އަނެއް ގައުމުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުކުރުމުގައި އިތުރު ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިޑް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއްޤައުމު އަނެއް ޤައުމުން ބަލައިގަންނާނެއެވެ.

Joined the call on President @ibusolih by External Affairs Minister of #India @DrSJaishankar, today.
— Abdulla Shahid (@abdulla_shahid) March 27, 2022
Very productive discussions on ongoing development projects, especially those in Addu City, recovery from COVID19, and future collaboration. pic.twitter.com/iUiErB8fse
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ހާރިޖީ ވަޒީރު އިއްޔެ ރާއްޖެ ވަޑައިގެންފައިވާއިރު، ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ވަނީ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ރޭ ސޮއިކުރި ދެ އެމްއޯޔޫއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ވިއުގައާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް ގުޅާލުމުގެ އެއްބަސްވުމަކާއި އެއް ގައުމުން ދޫކުރާ ކޮވިޑް ވެކްސިން ކާޑް އަނެއް ގައުމުން ބަލައިގަތުމާ ގުޅޭ އެއްބަސްވުމެކެވެ.
ރާއްޖޭގެ މަތީތަޢުލީމުގެ ވިއުގައާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކު ގުޅާލާ ގާއިމްކުރެވޭ ރިސޯސް ހަބެއް އުހެއްދުމުގެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ތައުލީމީ އިދާރާތަކާ ރާއްޖޭގެ މަތީތަޢުލީމު ފޯރުކޮށްދޭ އިދާރާތައް އޮންލައިންކޮށް ގުޅާލެވި އެ ތަންތަނުގެ ވަސީލަތްތައް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދާނެއެވެ. ހަމައެއާއެކު ޓެލެމެޑިސިން އާއި މޫސުން ލަފާކުރުމާއި ދުރުންދޭ ތައުލީމުގެ ނިޒާމާއި ސެކިއުރިޓީ ފަދަ ކަންކަމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.
ރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރި ވެކްސިން ކާޑާ ގުޅޭ އެއްބަސްވުމަކީ، ދެ ގައުމުގެ ވެކްސިން ކާޑު އެއްގައުމުން އަނެއް ގައުމުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުކުރުމުގައި އިތުރު ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެން ދާނެއެވެ. އެގޮތުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިޑް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއްޤައުމު އަނެއް ޤައުމުން ބަލައިގަންނާނެއެވެ.
ކިޔުންތެރިންގެ ހިޔާލު