އޮންލައިން މެދުވެރިކޮށް ދިން ސައިބަރ ހަމަލާއަކާއި ގުޅިގެން ސްޓެލްކޯގެ ވެބްސައިޓާއި ސޮފްޓްވެއަރތައް ބޭނުން ނުކުރެވޭގޮތް ވެއްޖެއެވެ.
ސްޓެލްކޯއިން ބުނީ ރެންސަމް ވެއަރ އެޓޭކަކާއި ގުޅިގެން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިފައިކަމަށެވެ.
ރެންސަމް އެޓޭކަކީ ފައިސާއަށް ޑިމާންޑްކޮށްފައި ދޭ ހަމަލާތަކެކެވެ.
ސްޓެލްކޯއިން ބުނީ މި އެޓޭކާއި ގުޅިގެން، ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރުވަގުތު ނަގާނެކަމަށް ބެލެވޭކަމަށެވެ.
މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، ސްޓެލްކޯގެ އައިޓީ އިންޖީނިއަރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ރެންސަމްވެއަރ އެޓޭކަކާއި ގުޅިގެން މިކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިފައި. މި އެޓޭކާއި ގުޅިގެން، މިކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ
— STELCO (@STELCOMALDIVES) March 27, 2022
ސްޓެލްކޯއިން ބުނީ މި އެޓޭކާއި ގުޅިގެން، ކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރުވަގުތު ނަގާނެކަމަށް ބެލެވޭކަމަށެވެ.
މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، ސްޓެލްކޯގެ އައިޓީ އިންޖީނިއަރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު