އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި މިއަދު ހުޅުވި ޕޮލިސް އެކަޑަމީގެ އޮޑިޓޯރިއަމްގައެވެ.
މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން އައްޑޫއިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ނެދަލެންޑްސްގެ ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީންއެވެ.
ސަރުކާރުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައްޑޫ ބިން ހިއްކުމަށް މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކަކީ، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމާއި، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި، ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމެވެ.
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) March 27, 2022
މި މަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއެވެ. pic.twitter.com/XhOkp72KbV
ސަރުކާރުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައްޑޫ ބިން ހިއްކުމަށް މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކަކީ، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި، ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމާއި، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި، ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމެވެ.
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު