އައްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ޞިއްޙީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަޙައްދުކަމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިއަދު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރަން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިމަގަށް ރޭވިފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސަށް މައުލޫމާތު ދެއްވާފައެވެ.
އެގޮތުން، ޓާރޝަރީ ހޮސްޕިޓަލަކުން ޚިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މެޑިކަލް އޮފިސަރުންނާއީ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި ޕަބްލިކް ހެލްތު ދާއިރާއިން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މެޑިކަލް ކޮންޒިއުމަބްލްސް އަދި އިކުއިޕްމަންޓްގެ ދަތިތަކާ އަދި އެނޫންވެސް ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ އެންމެ ދަތިތަކުގެ މައުލޫމާތު ހޮސްޕިޓަލްގެ ވެރިން ވަނީ ރައީސަށް އަރުވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީއަކީ މާލެއެކޭ އެއްފަދައިން ޞިއްޙީ ޚިދުމަތްތައް އެންމެ ރަނގަޅުވާން ބޭނުންވާ އެއް ސަރަޙައްދުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ހައްލުކުރަން ޖެހޭކަންކަން ހައްލުކޮށް ދެއްވާނެކަމަށާއި އަދި ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ.
ބައްދަލުވުމުގައި ރައީސް ވަނީ، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
ރައީސް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އައްޑޫގައި ސަރުކާރުން ހިންގި 565 މިލިއަން ރުފިޔާގެ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު