އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއަށް ފައްޓަވާފައިވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ ދެކަނބަލުންގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި ހާއްސަ މާހެފުމެެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިގުތިސާދަށް މި ދިމާވި ދަތި ހާލާއިއެކު ވެސް އައްޑޫ ސިޓީގެ ތަރައްގީއަށް މިހާތަނަށް 1.1 ބިލިއަމް ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ހަރަދުގެ ބޮޑުބައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެކަން ވާންވެސް ޖެހޭނެ ގޮތްކަމަށާއި އެއީ ބޭކާރު ހަރަދެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"އައްޑޫ ސިޓީގައި ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަ، އައްޑޫ ސިޓީ ބޭނުންވާ ހިދުމަތްތައް ބައިވަރު އެބަހުރި، މިކަންތައްތައް ކުރެވޭނީ އަޅުގަނޑު މި ދެންނެވި ގޮތަށް މި ހަރަދު ކޮށްގެން. މިއީ ބޭކާރު ހަރަދެއް ނޫން. އަޅުގަނޑު ހިތުން މީގެ ފައިދާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ހިއްސާއާއި އެހީތެރިކަން ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން، އައްޑޫއަށް ވަޑައިނުގެންނެވުނު ނަމަވެސް، އަބަދުވެސް އައްޑޫއަށް ބޭނުންވާ ކަންކަން ބައްލަވާ އެކަންކަން ފުރިހަމަ ކޮަށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިރޭގެ ވާހަކަފުޅުގައި އައްޑޫގައި ހިންގެވުމަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތަކެއްގެ ވާހަކަ ރައީސްވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، އެ ސިޓީގައި ސަރުކާރުން ހިންގެވި 565 މިލިއަން ރުފިޔާގެ އެކި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް އިފްތިތާހު ކޮށްދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު