ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑް ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑީޖޭއޭ އިން ސުޕްރިމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލަށް ތުހުމަތު ކުރަނީ ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުލުމާއި ކޯޓުގެ މަޢުލޫމާތު ކޯޓުން ބޭރަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެކޯޓުގެ އެސްޖީގެ މައްޗަށްވަނީ ކޮށްފައެވެ.

ޖަނަވަރީ 7، 2019 ގައި މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ޑރ. ފާއިޒް ސަސްޕެންޑް ކޮށްފައިވާއިރު ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން