މާދަމާ ވާނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްކަމަށް ކުރީގެ ރައީސް އަދި މަޝްހޫރު ފަލަކީ އިލްމުވެރިޔާ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
އެމަނިކުފާނު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ މައުލޫމާތު ކުށްނޫންކަމުގައި ވާނަމަ، މިރޭ މާލެއަށް ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 14 މިނެޓު ފަހުން ކަމަށާއި އަދި އެހެނިހެން އިސްލާމީ ޤައުމުތަކަށް ވެސް މިރޭ ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ އިރުއޮއްސުމުގެ ފަހުންކަމަށެވެ.
ރައީސް މައުމޫން ވިދާޅުވިގޮތަށް މިއަހަރުގެ ދިވެހިރާއްޖޭގެ ކަލަންޑަރުގައި ވެސް 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 2 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހެވެ.
ނަމަވެސް، ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ސަރުކާރުން ބާއްވާ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު ބާއްވާ މި ރަސްމިއްޔާތަށްފަހު ހަނދާމެދު ނިންމަވާގޮތެއް ރަސްމީކޮށް ހާމަކުރާނެއެވެ.

އަޅުގަނޑުގެ މަޢުލޫމާތު ކުށް ކަމުގައި ނުވާނަމަ މިރޭ މާލެއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓު ފަހުން. އެހެނިހެން އިސްލާމީ ޤައުމުތަކަށްވެސް މިރޭ ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުން ދައްކަނީ އިރު އޮއްސުމުގެ ފަހުން ކަމުގައި.
— Maumoon Abdul Gayoom (@maumoonagayoom) April 1, 2022
ރައީސް މައުމޫން ވިދާޅުވިގޮތަށް މިއަހަރުގެ ދިވެހިރާއްޖޭގެ ކަލަންޑަރުގައި ވެސް 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 2 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހެވެ.
ނަމަވެސް، ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ސަރުކާރުން ބާއްވާ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު ބާއްވާ މި ރަސްމިއްޔާތަށްފަހު ހަނދާމެދު ނިންމަވާގޮތެއް ރަސްމީކޮށް ހާމަކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު