ބ. ދަރަވަންދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ އެމްޑަބްލިޔުއެސްސީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަގުކޮނެ ނަރުދަމާ މައިހޮޅި ވަޅުލުމުގެ މަސައްކަތްކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫޢުގެ ދަށުން އެރަށުގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް ގޭބިސީތަކާއި ސަރުކާރު މުއައްސަސާތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.
ސަރުކާރުން ދަރަވަންދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި އެޚިދުމަތްވެސް މިހާރުވަނީ އިފްތިތާހު ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ރަނގަޅު ނަރުދަމާ ނިޒާމު ގާއިމްކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

ކިޔުންތެރިންގެ ހިޔާލު