ޑްރައިވިން ސްކޫލްގައި ވަކިވަގުތެއް ހަމަވަންދެން އުޅަނދުތައް ނުދުއްވިނަމަވެސް ލައިސަންސް ލިބޭ ގޮތަށް ޤަވާއިދު އިސްލާޙު ކޮށްފިއެވެ.

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރުވަނީ ބަދަލުގެނަސްފައެވެ.

އެގޮތުން އުޅަނދު ދުއްވުމުގެ އަމަލީ ތަމްރީނުގައި ވަކި ވަގުތުތަކެއް ހަމަކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި އެ މުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް ވަނީ އުވާލާފައެވެ.

ޤަވާއިދުގައި މީގެ ކުރިން އޮތްގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޢަމަލީ ތަމްރީން ފުރިހަމަ ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެއެވެ. އަދި އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް ވެސް ގަވާއިދުގައިވެއެވެ.

މިނިސްޓްރީގެ ޤަވާއިދުގައި ޑްރައިވިން ސްކޫލްތަކުގެ ދައުރު އިތުރަށް ފުޅާކޮށްފައިވާއިރު އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލުއިތަކެއް ދީފައެވެ.

ޓްރާންސްޕޯރޓް މިނިސްޓަރީން ޑްރައުވިން ސްކޫލް ގަވާއިދަށް މިފަދަ އިސްލާހެއް ގެނަސްފައި މިވަނީ މާލޭގައި ހިންގާ މަދު ޑްރައިވިންގ ސްކޫލަށް ބޮޑު އާމްދަނީއެއް ލިބޭ ގޮތަށް ގަވާޢިދުގައި ގަސްތުގައި މާއްދާތަކެއް ލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން