ފުލުހުން ބާރުގެ ބޭނުންކުރަންޖެހޭނީ އާންމުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ފުލުހުންގެ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތާއިމެދު ސީޕީ ހަމީދު މިފަދަ ބަހެއް ވިދާޅުވެފައި މިވަނީ ފުލުހެއްގެ އަނިޔާވެރިކަމުން އެމެރިކާގެ ކަޅު ނަސްލުގެ މީހަކު މަރުވި ހާދިސާއާއި ގުޅުވައިގެންނެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމުގައިވާ ޖޯޖް ފްލޯއިޑްގެ ކަނދުރާ މައްޗަށް، އެމެރިކާގެ ދޮން ނަސްލުގެ ފުލުހަކު ކަކުލުން އަރާ ފިއްތާލައިގެން ހުރެ އޭނާއަށް ނޭވާނުލެވި މަރުވި މައްސަލައިގައި އެޤައުމުގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ މުޒާހަރާތައް އާންމުވެ ހަމަނުޖެހުން ތައް ހިގަންމުންނެވެ. މި ހާދިސާއާއި ގުޅިގެން ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާކުރުމުގެ ސަބަބުން ރޭގައި ވަނީ ވައިޓްހައުސް ލޮކްޑައުންގެ ހާލަތަށް ގަނަސްފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ހަމަނުޖެހުންތައް ބޮޑުވެފައިވާ 25 ސިޓީއެއްގައި މިހާރުވަނީ ކާފިއުވެސް ހިންގާފައެވެ.
މިކަމާ ގުޅިގެން މީސްމީޑިޔާގައި ބޭނުްކުރާ ބައެއް ޓެގުތައް ބޭނުންކުރައްވައި ސީޕީ ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަންވާނީ އަބަދުވެސް ކުރިމަތިވެފައިވާ ޙާލަތަކާ އެކަށޭނެ މުނާސަބު މިންވަރަކަށް އަދި ޤާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަންވާނީ އެބޭނުންކުރާ މިންވަރަކާ މެދު ޤާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެ އުސޫލަކުން ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަން ޖެހޭނީ ޤާނޫނަށް ތަބާވުން އިޢާދަކޮށް ހަމަޖެހުން ޤާއިމުކުރުމަށް ކަމުގައިވެސް ސީޕީ ޙަމީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް ސީޕީ ހަމީދު ވިދާޅުވީި ފުލުހުން ބާރުގެ ބޭނުންކުރަންވާނީ އެބޭނުންކުރާ މިންވަރަކާ މެދު ޤާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެ އުސޫލަކުން ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަން ޖެހޭނީ ޤާނޫނަށް ތަބާވުން އިޢާދަކޮށް ހަމަޖެހުން ޤާއިމުކުރުމަށް ކަމުގައިވެސް ޙަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރުން އަބަދުވެސް ގުޅިފައި އޮންނަންވާނީ މުހިއްމު އަމާޒަކާ ކަމުގައެވެ. އެއީ އާންމުން ރައްކާތެރިކުރުމަށް ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

Police use of physical force always has to be proportionate, legal, accountable and out of necessity to secure observance of law & restore order. Always linked to a policing objective. To protect the public from harm.
— Mohamed Hameed (@M_Hameedh) May 31, 2020
No excuse for brutality.#ICantBreathe#notopolicebrutality
މީގެ އިތުރަށް ސީޕީ ހަމީދު ވިދާޅުވީި ފުލުހުން ބާރުގެ ބޭނުންކުރަންވާނީ އެބޭނުންކުރާ މިންވަރަކާ މެދު ޤާނޫނީ ގޮތުން ޒިންމާދާރުކުރެވޭނެ އުސޫލަކުން ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަން ޖެހޭނީ ޤާނޫނަށް ތަބާވުން އިޢާދަކޮށް ހަމަޖެހުން ޤާއިމުކުރުމަށް ކަމުގައިވެސް ޙަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރުން އަބަދުވެސް ގުޅިފައި އޮންނަންވާނީ މުހިއްމު އަމާޒަކާ ކަމުގައެވެ. އެއީ އާންމުން ރައްކާތެރިކުރުމަށް ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު