ފިނޭ އިންޖީނުގެ
ފިނޭ އިންޖީނުގެ
ފެނަކައިން ހދ. ފިނޭގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ފަށައިފިއެވެ.

ފެނަކައިން މިއަދު ބުނީ އެ ކުންފުނީގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއްނެތި ކުރިއަށް ދާކަމަށެވެ. އެގޮތުން ހދ. ފިނޭގައި ޒަމާނީ ނެޓްވޯރކެއް ގާއިމްކޮށް ފަހުގެ އާ އިންޖީނުގެއަށް މިހާރު ބަދަލުވެފައިވާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ހދ. ފިނޭގައި ފެނަކައިން ޢިމާރާތްކުރި އާ އިންޖީނުގެއިން 10 އެޕްރީލް 2022 ވަނަ ދުވަހު ވަނީ ކަރަންޓުގެ ޚިދުމަތްދޭން ފަށާފައެވެ.



ފިނޭގެ އިތުރުން ހއ. ކެލާގައި ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 04 ހަޓް އިމާރާތް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

އަދި ބ. ދޮންފަނު ކަރަންޓު ހާލަތު ރަނގަޅު ކުރުމަށްޓަކައި 250 ކިލޯވޯޓްގެ ޖެންސެޓެއް އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ފެނަކައިންބުނީ މިއަދު މި މަސައްކަތް ނިންމާލެވި ޖެންސެޓް ހިންގާލެވިގެންދާނެ ކަމަށެވެ.



ހަމައެއާއެކު ޏ. ފުވައްމުލަކަށް ގެންދެވިފައިވާ އާ 1.2 މެގަވޯޓްގެ ޖެންސެޓް ބެހެއްޓުމަށް ބޭނުންވާ ޓްރާންސްފޯމަރ ހަޓްގެ ފުރާޅުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި މި ވަގުތު ޖެންސެޓް ބަހައްޓާ ބެޑްގެ ފައުންޑޭޝަނާއި ސާރވިސް ޓޭންކް ބަހައްޓާ ބެޑްގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ރަށްރަށުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާބެހޭގޮތުން ފެނަކައިން ބުނީ ބ. ހިތާދޫގައި ޒަމާނީ ނެޓްވޯރކެއް ޤާއިމްކުރުމާއި ފަހުގެ އާ އިންޖީނުގެ ރިލޮކޭޝަން މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކޭބަލް އެޅުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ގދ. މަޑަވެލީގައި ވޯލްޓޭޖް ޑްރޮޕް ވާ ސަރަޙައްދުގެ ނެޓްވޯރކް މަސައްކަތް ނިމި ވަގުތީގޮތުން ޙައްލުކުރެވިފައިވާ ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން