ގްރޭޓާމާލެ އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ބުނެފައިވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން މިވަގުތު ކަރަންޓު ކެނޑިފައި ވަނީ ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑުމުން ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިން ކަމަށްވާތީ، އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.
"ވީއެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން." ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު