ފެނަކައިގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިން މިއަދު ބުނީ އެ ކުންފުނީގެ މަސައްކަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓުމެއްނެތި ކުރިއަށް ދާކަމަށެވެ. އެގޮތުން ތ. ވޭމަންޑޫ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 02 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
ވޭމަންޑޫގެ އިތުރުން ގއ. ވިލިނގިލި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި ފުވައްމުލަކު ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވި 1.2 މެގަވޯޓްގެ ޖެެންސެޓް އިންސްޓޯލް ކުރުމަށް ޖެންސެޓް ބަހައްޓާ ހަޓް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއެވެ.
ރަށްރަށުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާބެހޭގޮތުން ފެނަކައިން ބުނީ ހއ. މުރައިދޫ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވުނު 250 ކިލޯވޯޓްގެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އޭގެ އިތުރުން ހދ. ކުޅުދުއްފުށި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ހަޓް އިމާރާތްކޮށް ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދީފައިވެއެވެ.

ތ. ވޭމަންޑޫ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 02 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. pic.twitter.com/Du3R4LDYH0
— Fenaka Corporation Ltd (@TeamFenaka) April 18, 2022
ވޭމަންޑޫގެ އިތުރުން ގއ. ވިލިނގިލި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި ފުވައްމުލަކު ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވި 1.2 މެގަވޯޓްގެ ޖެެންސެޓް އިންސްޓޯލް ކުރުމަށް ޖެންސެޓް ބަހައްޓާ ހަޓް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށްވެސް ފެނަކައިން މަޢުލޫމާތުދެއެވެ.
ފުވައްމުލަކު ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވުނު 1.2މވ ޖެެންސެޓް އިންސްޓޯލް ކުރުމަށް ޖެންސެޓް ބަހައްޓާ ހަޓް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ. pic.twitter.com/8SYgzar2Dh
— Fenaka Corporation Ltd (@TeamFenaka) April 18, 2022
ރަށްރަށުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާބެހޭގޮތުން ފެނަކައިން ބުނީ ހއ. މުރައިދޫ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފޮނުވުނު 250 ކިލޯވޯޓްގެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އޭގެ އިތުރުން ހދ. ކުޅުދުއްފުށި ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ހަޓް އިމާރާތްކޮށް ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެކުންފުނިން މަޢުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު