ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ ޚަރަދުގައި 4 މުވައްޒަފަކަށް ޙައްޖާއި ޢުމްރާގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ރަމަޟާން މަސް އިހްޔާ ކުރުމަށްޓަކައި ޚާއްސަ ތަރާވީހެއް އެކުންފުނީގެ މުވައްޒަފުންނަށް ހޯމަ ދުވަހުގެރޭ ބާއްވާފައިވާކަމަށެވެ. އެތަރާވީހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ވަރަށް އަގުހުރި ދީނީ ނަސޭހަތްކޮޅެއް ދެއްވާފައެވެ.
މިތަރާވީޙުގައިވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ދެމުންގެންދާ ހައްޖާއި، އުމްރާގެ މަތިވެރި އަޅުކަމުގެ ފުރުސަތު ލިބުނު ނަސީބުވެރިންވެސް ހޮވާފައެވެ. އެގޮތުން ގުރުއަތުނަގައިގެން ހައްޖުގެ އަޅުކަމުގެ ފުރުސަތު އަންހެން އަދި ފިރިހެން މުވައްޒަފަކަށާއި، އުމްރާގެ ފުރުސަތުވެސް އަންހެން އަދި ފިރިހެން މުވައްޒަފަކަށް ވަނީ ލިބިގެން ގޮސްފައި ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ ކުންފުނީގެ 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުން ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތަށް ކުރިމަތިލެވެނީ 5 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.
ރޭ އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިނެވެ. އަދި ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރާއި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދެވެ.
މިތަރާވީޙުގައި ހައްޖުގެ ފުރުސަތު ލިބުނު މުހައްމަދު އަބޫބަކުރު ވިދާޅުވީ، ލިބިގެންމިދިޔައީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.
"ވަރަށް ހަމްދު ކުރަން އިނގޭތޯ. މި ލިބިގެން ދިޔައީ ވަރަށް ބޮޑު ނިއުމަތެއް. އަޅުގަނޑު އެދެނީ އަބަދުވެސް މުވައްޒަފުންނަށް ފައިދާހުރި މިފަދަ ގިނަ ފުރުސަތުތައް ހުޅުވާލައި، މިފަދަ ކަންކަން މެނޭޖްމަންޓުގެ ފަރާތުން ކުރަމުން ގެންދިއުން. ހާއްސަކޮށް، މި ފުރުސަތު ލިބުން މެދުކެނޑިފައިވަނިކޮށް، މެނޭޖިންގ ޑިރެކްޓަރު ޝަރީފް އަލުން މިފުރުސަތު ހުޅުވައިދެއްވީތީ ވަރަށް ބޮޑު ޝުކުރެއް ދަންނަވަން ބޭނުން." މުހައްމަދު އަބޫބަކުރު ވިދާޅުވިއެވެ.
މި ތަރާވީހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވަނީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަން ފާހަގަ ކުރައްވާފައެވެ. އަދި ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، އަޅުކަން ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޝަރީފް ވިދާޅުވީ މުވައްޒަފުންނަށް ކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި، ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންފުޅުވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށެވެ. އަދި ރައްޔިތުން ކުންފުނީގެ ހިދުމަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުމަކީ ކުންފުނީގެ މަގްސަދު ހާސިލްވުން ކަމަށް އެމްޑީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު