ގދ.ވާދޫގައި ސަރުކާރުން ޤާއިމްކުރާ ފެނުގެނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ، ފެނުގެނިޒާމް ޤާއިމްކޮށް ނިމުމާއެކު، އެރަށުގައި ގޭގޭގައި ޑިސްޕެންސަރ ބަހައްޓައިގެން ބޭނުންކުރެވޭގޮތަށް 18 ލިޓަރ ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދޭން ފެނަކައިން ފަށާނެ ކަމަށެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 04 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެނމެހައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެއީ އެމް.ޑަބްލިއު.އެސް.ސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެކެވެ.

މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން