49 އިންސައްތަ މަސައްކަތް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ. އެއަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެންބަރުންނަށް ލިބޭނެއެވެ.
މަޖިލީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ދައުރުގައި މަޖިލީހަށް ޖުމުލަ 131 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ނިމިފައި ވަނީ 65 މައްސަލައެކެވެ. އެއީ 49.6 އިންސައްތައެވެ. މިދައުރުގައި މަޖިލީހުގެ 35 ޖަލްސާވަނީ ބާއްވާފައެވެ.
މިދައުރުގައި ސަރުކާރުން މަޖިލީހަށް ފޮނުވި 28 ބިލުގެ ތެރެއިން ނިންމާފައިވަނީ އަށް ބިލެއްގެ މަސައްކަތެވެ. އޭގެއިތުރަށް މަޖިލީހަށް ހުށަހެޅި 10 ގަރާރުގެ ތެރެއިން ދެ ގަރާރެއްގެ މައްސަލައާއި ސަރުކާރުން ހުށަހެޅި އެހެން އަށް މައްސަލައެއްގެ ތެރެއިން ހަތް މައްސަލައެއް މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި ރިޔާސަތުން ހުށަހެޅި އަށް މައްސަލައިގެ ތެރެއިން ފަސް މައްސަލަ ވެސް ވަނީ ނިންމައިފައެވެ.
ވަޒީރުންނާ ކުރުމަށް ހުށަހަޅައިފައިވާ 49 ސުވާލުގެ ތެރެއިން، މި ދައުރުގައި ކުރެވިފައިވަނީ 26 ސުވާލެކެވެ. މަޖިލިސް އިދާރާއިން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ދައުރުގައި 170 ކޮމިޓީ ބައްދަލުވުން މަޖިލީހުންވަނީ ކުރިޔަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު