މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަންގެ އިންތިހާބުގެ ފޯރިއާއިއެކު އިދިކޮޅު ޕާޓީގެ ހަރަކާތްތައް ފަނޑުކޮށްލެވިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މަޝްހޫރު ޑީޑީ އެކްސްކްލޫސިވަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ނަޝީދު ވަނީ ސިޔާސީގޮތުން އެމަނިކުފާނުގެ ކުރިމަގު ބައްޓަން ކުރައްވާނެ ގޮތާއި ޕާޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި އިންޓަވިއުގެ ތެރޭގައި، ނޫސްވެރިޔާވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަޅިން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވާކަން ފާހަގަ ކޮށްފައެވެ. ނޫސްވެރިޔާގެ ސުވާލު ނުނިމެނީސް ރައީސް ނަޝީދު ވިދާޅުވީ، ޗެއަރޕާސަންގެ އިންތިހާބަށް ވާދަކުރައްވާ އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާކަން ރައީސް ޞާލިޙް ވެސް އަދި ރައީސް ނަޝީދުވެސް ހާމަކުރައްވާފައި ނުވާކަމަށެވެ. އަދި އިންތިހާބުގެ ފޯރީގައި ކިތަންމެ ވާދަވެރިކޮށް ކަންކަން ދިޔަނަމަވެސް، މިއީ އެތެރޭގެ އިންތިހާބެއް ކަމަށާއި އެހެންކަމުން އެފަދަ ވާދަވެރިކަމަކީ މައްސަލައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ބޭފުޅެއްގެ ތާއީދާއިއެކު ނުކުތްކަމުގައި ވީނަމަވެސް، ދެފަޅިންވެސް ނެރެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށާއި، އެއާއިއެކު މުޅި ރާއްޖޭން މިހާރު ފެންނަމުންދަނީ ރީނދޫ ކުލަ ކަމަށާއި ފެންނަނީ އެމްޑީޕީގެ ދިދަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކެމްޕޭންގެ ސަބަބަބުން އިދިކޮޅު ޕާޓީން ހިންގާ ހަރަކާތްތަކުގެ އަޑު ފަނޑު ކޮށްލެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވީނަމަވެސް، އެމްޑީޕީގެ ދެ ފެކްޝަންގެ ތެރޭގައި ހިނގަމުންދާ ބަހުގެ ހަމަލާތަކާއި ކުރެވޭ ބޮޑެތި ތުހުމަތުތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އަލުން ގުޅުން ނުއުފެއްދޭ މިންވަރަށް ޕާޓީގެ އެތެރޭގެ ގުޅުން ކެނޑިގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް ޖިނާއީ ބޮޑެތި ތަހުގީގު ހިންގޭފަދަ ތުހުމަތުތައް ވެސް ދެ ފެކްޝަންގެ މެންބަރުންގެ މެދުގައި ކުރެވެމުންޘާކަން ފާހަގަ ކޮށްލެވެއެވެ.
އިންޓަވިއުގައި ރައީސް ނަޝީދުވަނީ 2023 ގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން އެމަނިކުފާނު ނިންމަވާ ނިންމެވުންތައް ބިނާކުރައްވާނީ އެމްޑީޕީގެ މެންބަރުން ބޭނުންވާ ގޮތަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިދިކޮޅު ޕާޓީއަކާއި ގުޅިގެން އިންތިހާބުގައި ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް އެމްޑީޕީ ބޭފުޅެއް ކަމަށާއި ޕާޓީއަށް ގެއްލުންވާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު