ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
ބަރަކާތްތެރި ރަމަޟާން މަސް ނިމުނުކަމުގައި ވީނަމަވެސް، މީހުންނާމެދު އޯގާތެރިވެ، ޙަމްދަރުދީވެ އަދި ދީލަތިވުންމަތީ ދެމިތިބުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނޢޢވ) ފިޠުރު ޢީދުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

ފިޠުރު ޢީދަކީ އުފާފާޅުކޮށް، އެކުވެރިކަން އާލާކުރުމަށް މުސްލިމް މުޖްތަމައަށް ލިބޭ ފުރުސަތަކަށްވީހިނދި، ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަޤީރުކަންފަދަ ކަންތައްތަކާމެދު ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.



ޝާހިދުގެ މެސެޖުގައިވަނީ އިޙްސާންތެރިކަމާއި، އޯގާތެރިކަމާއި، ސުލްޙަފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން، މިމައްސަލަތަކަށް ހައްލު ހޯދުމަށް މަގު ހޯދުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން