އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާކަން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ހާމަ ކުރައްވައިފިއެވެ.
ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު މި ސަރުކާރުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން، ޑރ. އައިޝަތު ޢަލީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ މިއަދުވަނީ ފައްޔާޒާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.
ފޮޓޯގައި ފައްޔާޒާއެކު އައިޝަތު ޢަލީ ވެސް ހުންނެވީ ފައްޔާޒުގެ ކެންޑިޑޭޓު ނަންބަރު ކަމަށްވާ ދޭއް، ރަމްޒުކޮށްދޭގޮތަށެވެ.
މި ސަރުކާރުގެ ގިނަ މިނިސްޓަރުންގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަ ކުރައްވަމުން ގެންދެވިނަމަވެސް، މިނިސްޓަރު އައިޝަތު ޢަލީ މިހާތަނަށް އެކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވާކަން، ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ވެސް މިއަދުވަނީ ހާމަ ކުރައްވާފައެވެ. ޝައުނާ އެކަން ހާމަ ކުރެއްވުން ވެގެންދިޔައީ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނަށް ހަމަޖަމުކުރަން ދަތިވި ކަމަކަށެވެ.
އެގޮތުން، ޝައުނާގެ ނިންމުމާއެކު، ކޯފާ އިސްކުރައްވައި ރައީސް ނަޝީދުވަނީ އޭނާއަށް ރައްދުދެއްވާފައެވެ. އެމަނިކުފާނު ވަނީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށްފަހިވާގޮތަށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ސާފުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

#Faya4CP
— Aishath Ali (@aisthly) May 4, 2022
✅️✌️ pic.twitter.com/RTIFB2M98O
އެގޮތުން، ޝައުނާގެ ނިންމުމާއެކު، ކޯފާ އިސްކުރައްވައި ރައީސް ނަޝީދުވަނީ އޭނާއަށް ރައްދުދެއްވާފައެވެ. އެމަނިކުފާނު ވަނީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށްފަހިވާގޮތަށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ސާފުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު