އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަކީ މީހުން ގޮވައިގެން އުޅެން އެނގިވަޑައިގަންނަވާ، ހިންގުންތެރި ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
ފައްޔާޒަށް ތާއީދު ކުރައްވައި މިއަދު ދެއްވި އިންޓަވިއުއެއްގައި ޙުސައިން ވިދާޅުވީ، ފައްޔާޒަކީ މިނިސްޓަރުގެ ހައިސިއްޔަތުންވެސް އަތޮޅުތެރެއަށް އެކިއެކި ދަތުރުތައް ކުރައްވާ، އެ ދަތުރުތަކުގައި އާންމު ރައްޔިތުން ފާހަގަ ކުރާ ކަންކަން ސަރުކާރާއި ހަމައަށް ގެނެސްދެއްވާ ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ޕާޓީގެ ގުނަންތައް ނުހިނގާކަމަށާއި ޕާޓީގެ ހަރަކާތްތައް ހިންގޭނީ ދައުލަތުން ޕާޓީއަށްދޭ ފައިސާ، އެންމެ ކުޑަމިނުން ބޮލުގެ ނިސްބަތުން ދާއިރާތަކަށް ބެހިގެން ކަމަށެވެ.
އަދި އެކަންކަން ކުރެވޭނީ ހިންގުންތެރި މީހަކު ޗެއަރޕާސަންގެ މަގާމަށް އައިސްގެން ކަމަށާއި، އެ މަގާމަށް މިހާރު ކުރިމަތި ލައްވާފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހިންގުންތެރި އަދި މީހުން ގޮވައިގެން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފައްޔާޒު ކަމަށް ވެސް އަނދުން ހުސައިން ވިދާޅުވިއެވެ.
"މިހާރު ކުރިމަތިލައްވާފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އިމްތިޔާޒު ފަހުމީއަކީ ހިންގުންތެރިކަމާ، އެ ގާބިލުކަން މީހުން ގޮވައިގެން އުޅުމުގެ ހުނަރު ހުރި ބޭފުޅެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑު ދަންނަވާނީ ފައްޔާޒަކީ އެފަދަ ގާބިލު ހިންގުންތެރި ބޭފުޅެކޭ." އިންޓަވިއުގައި ޙުސައިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ ބޮޑު އެއް ވައުދަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުން ކަމަށާއި އެކަން ކުރެއްވުމަށް މާލޭގެ ރައްޔިތުންނަށް 4000 ގޯތި ދޫކުރަން ރައީސް އޮތީ ނިންމަވާފައި ކަމަށެވެ. އެހެންކަމުން، އޭނާ ހުންނެވީ އެކަންކަމުގައި ރައީސަށް ފުރިހަމަ އެއްބާރުލުން ދޭންކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުންވެސް އެކަންކަމުގައި ރައީސަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޗެއަރޕާސަންކަމުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިބޭ އެމްޑީޕީ މެންބަރުންގެ ބޮޑު މެޖޯރިޓީއަކާއި ސަރުކާރުގެ ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ތާއީދުވެސް ފައްޔާޒަށް އޮތްކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން، ދާދިފަހުން މިނިސްޓަރު އައިމިނަތު ޝައުނާ އާއި މިނިސްޓަރު އާއިޝަތު ޢަލީ ވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން އިއުލާނު ކުރައްވާފައެވެ.

MDP ގެ ޑެޕިިއުޓީ ޕީޖީ ލީޑަރ @AndhunHussain ދުލުން : ކއވ ފޔ ؟؟ #MDPhingaalan pic.twitter.com/MTREvcqDcp
— Hussain Shafiu #MDPhingaalan (@charly_thuthu) May 6, 2022
އޭނާ އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ ބޮޑު އެއް ވައުދަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުން ކަމަށާއި އެކަން ކުރެއްވުމަށް މާލޭގެ ރައްޔިތުންނަށް 4000 ގޯތި ދޫކުރަން ރައީސް އޮތީ ނިންމަވާފައި ކަމަށެވެ. އެހެންކަމުން، އޭނާ ހުންނެވީ އެކަންކަމުގައި ރައީސަށް ފުރިހަމަ އެއްބާރުލުން ދޭންކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުންވެސް އެކަންކަމުގައި ރައީސަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޗެއަރޕާސަންކަމުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިބޭ އެމްޑީޕީ މެންބަރުންގެ ބޮޑު މެޖޯރިޓީއަކާއި ސަރުކާރުގެ ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ތާއީދުވެސް ފައްޔާޒަށް އޮތްކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން، ދާދިފަހުން މިނިސްޓަރު އައިމިނަތު ޝައުނާ އާއި މިނިސްޓަރު އާއިޝަތު ޢަލީ ވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވާކަން އިއުލާނު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު