ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ މި ސަރުކާރާއި ފެޔަށްޖެހެން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިނަމަވެސް، އެކަން އެގޮތަށް ކުރެވެން ނެތްކަމަށް، އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަންގެ އިންތިހާބުގެ ކެމްޕޭނުގައި ފައްޔާޒު ފުވައްމުލައް ސިޓީއަށް ވަޑައިގެން މިރޭވަނީ އެ ސިޓީގައި ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީން ސަރުކާރާއި ފެޔަށް ޖެހެން އެބުނާ ބުނުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި އޭގެ ބަދަލުގައި ބަލަންވީ، ސިޔާސީ ހަރަކާތްތަށް ވަރުގަދަކޮށް ބަދަހިކޮށް ރައްޔިތުންނަށް ދިމާވާ ކަންތައްތައް ސަރުކާރާއި ގުޅިގެން ހައްލު ކޮށްދޭ ޕާރޓީއަކަށް މި ޕާޓީ ހަދަންކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލު ކުރެވޭނީ ޕާޓީއާއި މެންބަރުންނާ ގުޅިގެން ކަމަށާއި އަދި ޕާޓީ ސަރުކާރާއި ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
"ފެޔަށް ޖެހިގެން މިކަމެއް ނުވާނެ އިނގޭތޯ. ރައީސް ނަޝީދު ވިދާޅުވިނަމަވެސް، އަޅުގަނޑު ވަރަށް އިހުތިރާމާއިއެކު މި ދަންނަވަނީ ސަރުކާރާއި ފެޔަށް ޖެހުމަކީ އެއްވެސް ގޮތެއްގައި ރަނގަޅު ކަމެއް ނޫން. ސަރުކާރާއި އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން މީގަ އޮތް އެންމެ ރަނގަޅު ގޮތަކީ" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރާއި ފެޔަށް ޖެހި، 2023 އެމްޑީޕީއަށް ގެއްލި، 2028 ހޯދޭނެކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.
އޭނާ މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، މީގެ ކުރިން މި ކެމްޕޭންގައި ދެއްކެވި ވާހަކައެއްގައިވެސް މިކަމަށްވަނީ އަލިއަޅުވާލައްވާފައެވެ. އެދުވަހު ފައްޔާޒު ވިދާޅުވީ، މި ސަރުކާރު ގެނެވުނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީއިން ގިނަބަޔަކު މަގުމަތީ ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން މިހާ މަސައްކަތުން ގެނައި ސަރުކާރަކާއި ފެޔަށް ޖެހުމުން އޭގެ ގެއްލުންވާނީ އާންމު މެންބަރުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު މިފަދައިން ވާހަކަދައްކަވާފައިވާއިރު، ރައީސް ނަޝީދުވަނީ މި ސަރުކާރަކީ ފެތެމުންދާ އޮޑިއެއް ކަމަށާއި މި އޮޑިއާއިއެކު އެމްޑީޕީ ފެތުމަށް ނޭދޭކަމަށާއި، ރަނގަޅު ގޮތަކީ ފެތެމުންދާ އޮޑިއަކުން އެމްޑީޕީ ފޭބުން ކަމަށް ވިދާޅުވެފައެވެ. ހަމަ މިބީދައިން މީގެ ކުރިން އެމަނިކުފާނުވަނީ، އެމްޑީޕީން ސަރުކާރާއި ވަކިވެ އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި ބައިއަތު ހިފުމަށްވެސް ގޮވާލައްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މިފަދަ ވާހަކަތަކަށް އެމަނިކުފާނުގެ ވަފާތެރި މެންބަރުންވެސް މާބޮޑު ތަރުހީބެއް ނުދެއްވައެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ޞާލިޙްގެ ފެކްޝަނުން ވާދަކުރައްވާ ފައްޔާޒަށް ތާއީދުކުރާ ގިނަ އަދަދަދެއްގެ އާންމު މެންބަރުންނާއެކު ބޭއްވި މިރޭގެ ޖަލްސާގައި ފުވައްމުލަކުގެ އިސް އެކި ބޭފުޅުންނާއި އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް އިހްތިރާމާއެކު ރައީސް ނަޝީދު ވިދާޅުވިޔަސް އަޅުގަނޑުމެންނަކަށް ނެތް ސަރުކާރާ ފެޔަށް ޖެހެވޭކަށް ،އެއީ ރަނގަޅުގޮތެއް ނޫން އަޅުގަނޑުމެން ވިސްނަންވީ ސިޔާސީ ހަރަކާތްތަށް ވަރުގަދަކޮށް ބަދަހި ކޮށް ރައްޔިތުންނަށް ދިމާވާ ކަންތައްތަށް ހައްލުކޮއްދޭ ޕާރޓީ އަކަށް މި ޕާޓީ ހަދަން @faya_i pic.twitter.com/UPaHg2iRC6
— Hussain Shafiu #MDPhingaalan (@charly_thuthu) May 7, 2022
ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރާއި ފެޔަށް ޖެހި، 2023 އެމްޑީޕީއަށް ގެއްލި، 2028 ހޯދޭނެކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.
އޭނާ މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، މީގެ ކުރިން މި ކެމްޕޭންގައި ދެއްކެވި ވާހަކައެއްގައިވެސް މިކަމަށްވަނީ އަލިއަޅުވާލައްވާފައެވެ. އެދުވަހު ފައްޔާޒު ވިދާޅުވީ، މި ސަރުކާރު ގެނެވުނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީއިން ގިނަބަޔަކު މަގުމަތީ ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން މިހާ މަސައްކަތުން ގެނައި ސަރުކާރަކާއި ފެޔަށް ޖެހުމުން އޭގެ ގެއްލުންވާނީ އާންމު މެންބަރުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު މިފަދައިން ވާހަކަދައްކަވާފައިވާއިރު، ރައީސް ނަޝީދުވަނީ މި ސަރުކާރަކީ ފެތެމުންދާ އޮޑިއެއް ކަމަށާއި މި އޮޑިއާއިއެކު އެމްޑީޕީ ފެތުމަށް ނޭދޭކަމަށާއި، ރަނގަޅު ގޮތަކީ ފެތެމުންދާ އޮޑިއަކުން އެމްޑީޕީ ފޭބުން ކަމަށް ވިދާޅުވެފައެވެ. ހަމަ މިބީދައިން މީގެ ކުރިން އެމަނިކުފާނުވަނީ، އެމްޑީޕީން ސަރުކާރާއި ވަކިވެ އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި ބައިއަތު ހިފުމަށްވެސް ގޮވާލައްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މިފަދަ ވާހަކަތަކަށް އެމަނިކުފާނުގެ ވަފާތެރި މެންބަރުންވެސް މާބޮޑު ތަރުހީބެއް ނުދެއްވައެވެ.
ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ޞާލިޙްގެ ފެކްޝަނުން ވާދަކުރައްވާ ފައްޔާޒަށް ތާއީދުކުރާ ގިނަ އަދަދަދެއްގެ އާންމު މެންބަރުންނާއެކު ބޭއްވި މިރޭގެ ޖަލްސާގައި ފުވައްމުލަކުގެ އިސް އެކި ބޭފުޅުންނާއި އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު