އެސޯސިއޭޝަން އޮފް އޭޝިއަން އިލެކްޝަން އޮތޯރިޓީ (އޭއޭއީއޭ)ގެ އެގްޒެކެޓިވް ބޯޑަށް ރާއްޖެ އިންތިހާބު ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފިލިޕީންސްގެ ވެރިރަށް މެނީލާގައި އިއްޔެ ބޭއްވި އޭއޭއީއޭގެ އާންމު ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ބޯޑަށް ރާއްޖެ އިންތިޚާބުވެފައިވާ ކަމަށެވެ. އޭއޭއީއޭގެ ބޯޑަށް ރާއްޖެ އިންތިޚާބުވެފައިވަނީ މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އިތުރުން އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑަށް މިއަހަރު އިންތިހާބުވީ ރަޝިއާ، ކަޒަކިސްތާން އަދި ފިލިޕީންސެވެ.
އޭއޭއީއޭގެ މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބާއި ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޝާހިޔާ އެވެ.
20 މެންބަރު ޤައުމު ހިމެނޭ އޭއޭއީއޭ އުފައްދާފައިވަނީ 1998 ވަނަ އަހަރު އެވެ. އޭއޭއީއޭ އުފެއްދުމުގެ ބޭނުމަކީ މެންބަރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމެވެ.

އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ(އޭ.އޭ.އީ.އޭ) ގެ އެގްރެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީ.ސީ.އެމް) ހޮވިއްޖެ. pic.twitter.com/pXVUlpd6PF
— Elections Commission (@ElectionsMv) May 8, 2022
އޭއޭއީއޭގެ މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބާއި ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޝާހިޔާ އެވެ.
20 މެންބަރު ޤައުމު ހިމެނޭ އޭއޭއީއޭ އުފައްދާފައިވަނީ 1998 ވަނަ އަހަރު އެވެ. އޭއޭއީއޭ އުފެއްދުމުގެ ބޭނުމަކީ މެންބަރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ހިޔާލު