އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 55 އަހަރުގެ ފިރިހެނެކެެވެ. މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
އެ މީހާގެ ބަންދަށް ފުރަތަމަ ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން މުއްދަތު މަޖިލީހަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކުރުމަށް ދަޢުލަތުންވަނީ ނިންމާފައެވެ.
އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލާފައިވާއިރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު