ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ސަލާމަތްކުރުމަށް ޚުތުބާތަކުގެ ދައުރު ބޮޑު ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޖިސްމާނީ އަދި ޖިންސީގޯނާގެ ޝިކާރައަށްވާ ކުދިންގެ ނިސްބަތް އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޚުތުބާ ތަކަކީ އެމައްސަލަ ޙައްލުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ޚުތުބާތަކުގައްޔާއި ދީނީ އިލްމުވެރިންގެ ދަރުސްތަކާއި ޕްރޮގްރާމްތަކުން މުހިންމު ދައުރެއް އަދާކުރެވިދާނެ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ކުޑަކުދިން ޙިމާޔަތްކޮށް، އިސްލާމީ ހަރުދަނާ ޢަޤީދާގެ މަތީގައި އެކުދިންނަށް ތަޢުލީމާއި ތަރުބިިޔަތުދިނުމަކީ ޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި މިއަދު ޖީލުން އަދާކުރަންޖެހޭ ޤައުމީ އަދި ދީނީ މަސްއޫލިއްޔަތެއް ކަމަށެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އަށް މިދިޔަމަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.
މަސްދުވަހުގެ ތަފާސްހިސާބުތައް ހާމަކުރުމަށް ޖެންޑަރ މިނިސްޓްރީން ނެރުނު ރިޕޯޓުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޖިސްމާނީ ހާނިކައިގެ 27 މައްސަލައާއި، އިހުމާލުވުމުގެ 26 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 20 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 3 މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައެއް ހުށަހެޅިފައިވެއެވެ.

Kudakudhinah libey Aniyaa thakun e kudhin Salaamai kururumah mulhi Mujuthamau gulhigen masakkay kuran jehey. Vakin Khaassakoh Khu'thubaa thakugayyaai Dheenee Ilmuveringe Dharusthakaai Program thakun muhimmu Dhaureh adhaakurevidhaane @MVIaffairs
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 11, 2022
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ކުޑަކުދިން ޙިމާޔަތްކޮށް، އިސްލާމީ ހަރުދަނާ ޢަޤީދާގެ މަތީގައި އެކުދިންނަށް ތަޢުލީމާއި ތަރުބިިޔަތުދިނުމަކީ ޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި މިއަދު ޖީލުން އަދާކުރަންޖެހޭ ޤައުމީ އަދި ދީނީ މަސްއޫލިއްޔަތެއް ކަމަށެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އަށް މިދިޔަމަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.
މަސްދުވަހުގެ ތަފާސްހިސާބުތައް ހާމަކުރުމަށް ޖެންޑަރ މިނިސްޓްރީން ނެރުނު ރިޕޯޓުގައި ވާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޖިސްމާނީ ހާނިކައިގެ 27 މައްސަލައާއި، އިހުމާލުވުމުގެ 26 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 20 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 3 މައްސަލައިގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު