ދިވެހި ބަހުގެ އެކަޑަމީން ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ ރަދީފު އެޕްލިކޭޝަން ރޭ އިފްތިތާހުކޮށްފިއެވެ.
ޤައުމީ ވާހަކަ ދެއްކުމުގެ 35 ވަނަ މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ މިފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން ދިވެހިން ޓެކްނޮލޮޖީއާ ރަޙުމަތްތެރިކޮށް، އިތުރު މަންސަތަކަށް ބަސް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި އެޕްލިކޭޝަން އައިފޯނާއި އެންޑްރޮއިޑް ފޯނުތަކަށް ބޭނުން ކުރެވޭނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތުދެއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް ވިދާޅުވީ، އެޕްލިކޭޝަންގައި މުޅިން އައު ލަފުޒުތައް ހިމެނޭނެ ކަމަށެވެ. އަދި ކުރިން ހުރި ލަފްޒުތަކާއި އެ ލަފުޒު ތަކުގެ މާނަތައް އިސްލާހުކޮށްފައިވާނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
މޯލްޑިވްސް ކޮމްޕިއުޓާ ސޮސައިޓީން ފަރުމާކުރި މި އެޕްލިކޭޝަންގެ އަޕްޑޭޓެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޭގެ ރަސްމިއްޔާތުގައި އެ ސޮސިޓީން ވަނީ ބުނެފައެވެ. އާ އަޕްޑޭޓް އަންނައިރު، ދެ މާނަ ދޭހަވާ ބަސްތަކާއި އިދިކޮޅު މާނައާއި އިނގިރޭސި އަދި ދިވެހި ބަހުގެ ތަރުޖަމާ ލަފްޒުތައް ވެސް ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު