މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) އާއި ގުޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ފާޑުވިދާޅުވެއްޖެއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްއަސްޕް ގްރޫޕުގައި ކުރެވުނު ޒުވާބެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ ހަމަލާގެ ތަހުގީގު އޮއްބާލުމުގައި ސަރުކާރަށް ވާގަވެރިވަނީ އަނދުން ޙުސައިން ކަމަށް ވިދާޅުވެފައެވެ. ސާބިތު ނުހިފޭ ކަންކަމުގައި މީހުންގެ ބޮލުގައި އެފަދަ ތުހުމަތުތައް ނޭޅުވުމަށް އަނދުން ޙުސައިން ތަކުރާރުކޮށް އެދިވަޑައިގަތުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ލޭ އަނދުން ޙުސައިންގެ އަތުގައި ހުންނާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣަފޫރު ވަނީ ނުސީދާކޮށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ އަމަލުފުޅުތައް ކުށްވެރި ކުރައްވާފައިވެސް ވެއެވެ.
އޭނާ ވިދާޅުވީ، ވައްކަން ނުކުރަން ގޮވާލާ މީހާގެ ފަތިފުށް މާ ހަޑިވާނެ ކަމަށެވެ. ވަކި ބަޔަކު ތިބީ އިންސާފާއި ހަމަހަމަކަމަށް އެދިއެދިކަމަށް ބުނެ އެ ދައްކާ މަންޒަރުގައި އެއްވެސް ހަގީގަތެއް ނެތްކަން ފާހަގަކުރަށްވައި ޣަފޫރު ވިދާޅުވީ، ސިޔާސީ މަގްސަދުގައި ޒާތީވާން އެފަދަ ވާހަކަތައް އެންމެން ވެސް ދައްކާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރުން މަސައްކަތް ކުރަނީ އިންސާފުވެރިކަމާއި އެކީގައިކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ބަޔަކާއި ދޭތެރޭ ވަގު ބަދުނާމަށް ގޮވާ، އަތުގައި ލޭ ހުރިކަމަށް ގޮވާ... އަނެއް ވާހަކައަށް ގޮވާ.. އެއްވެސް ހައްގެއް ނޯންނާނެ.. ހައްގެއް ނޯންނާނެ... އެހެންނެއް ނުގޮވޭނެ.. އެވަރުގެ މީހެއް ނުހުންނާނެ... އެއީ ބުލީ ކުރުން... އޭގެން ކުރެވޭނެ ކަމެއް ނޯންނާނެ... އޭގެން ނިކުންނާނެ ނަތީޖާއެއް ވެސް ނޯންނާނެ." ޣަފޫރު ވިދާޅުވިއެވެ.
6 މެއިގެ ހަމަލާއާއި ގުޅުވައިގެން ރައީސް ނަޝީދު އެމްޑީޕީގެ އެހެން މެންބަރުންގެ މައްޗަށް ކުރި ތުހުމަތުތަކަށް ޣަފޫރު ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީ ކުރިޔަށް ގެންދިޔައިރު ވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން އެ ކޮމިޓީގައި ހިމެނުނުކަމަށެވެ.
އަދި އެހެން މީހެއްގެ ލޭ އަތުގައި ހުރިކަމަށް ބުނެ ތުހުމަތުތައް ކުރަންވާނީ، އިންތިހާބެއް ބޯމަތިވުމުންތޯ ޣަފޫރުވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ އެފަދަ އެއްވެސް ތުހުމަތުތަކެއް ނުކުރެވޭނެ ކަމަށާއި، އެފަދައިން ވާހަކަ ވެސް ނުދެއްކޭނެ ކަމަށެވެ.
ސަރުކާރު ހިންގުމުގައި ގޯހެއް ވާނަމަ އެއީ އާންމުކޮށް އެހެން މީހުންނަށް ފެންނަހެން ދައްކަން ޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ މައްސަލަ ހައްލު ކުރަންޖެހޭނީ އެކީގައިތިބެ ވާހަކަ ދައްކައިގެން ކަމަށެވެ. އޭގެ ބަދަލުގައި ޒާތީވެ، ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުތައް ބޮލުގައި އެޅުވުމުގެ ހައްގެއް އެއްވެސް ބޭފުޅަކަށް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅިގެން އެމްޑީޕީ ވަރަށް ބޮޑަށް ދެބައިވެ ފެކްޝަން އުފެދިފައިވާއިރު، ނުސީދާކޮށް ރައީސް ނަޝީދު ގެންދަވަނީ، އެމަނިކުފާނުގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރަށްވާ އިމްތިޔާޒު ފަހުމީއަށް ތާއީދު ހޯދަން މަސައްކަތް ކުރަށްވަމުންނެވެ. އަދި ޗެއަރޕާސަންގެ އިންތިހާބު ގާތްވާވަރަކަށް އެމަނިކުފާނު ގެންދަވަނީ، ސަރުކާރު ފަޅީގެ ކެންޑިޑޭޓަށް ވޯޓު ގެއްލޭނެ ފަދަ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. ދައްކަވާ އެފަދަ ވާހަކަފުޅުތަކާއި ގުޅިގެން ބައެއްފަހަރު އެމަނިކުފާނުވަނީ ހޫނުފެނަށް ވެސް ފެއްޓިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު