މިއަދު ކުރިއަށް ދާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި މާލެ ސަރަހައްދުގެ ވޯޓުލުމުގެ އެގްޒިޓް ޕޯލްތަކުން އެ އިންތިޚާބުގައި މާލޭ ސަރަހައްދުގެ ވޯޓު ފޮށިތަކުން ކުރި ހޯއްދަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްކަމަށް ދައްކައިފިއެވެ.

މާލޭގެ އެކި ވޯޓު ފޮށިތައް ކައިރީގައި ތިބި އޮބްޒާވަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އެ އޮބްޒާވަރުންނާ ވާހަކަދެއްކި ވޯޓުލީ މީހުންގެ ބޮޑު އިންސައްތައެއް ވޯޓު ލާފައިވަނީ ފައްޔާޒަށެވެ.

މި ޕޯލްގައި ސުވާލު ކުރެވުނު މީހުންގެ 40 އާއި ކައިރިކުރާ އިންސައްތައެއްގެ މީހުން ބުނެފައިވަނީ އެމީހުން ވޯޓު ދިނީ އިމްތިޔާޒު ފަހުމީއަށް ކަމަށެވެ. އަދި މިހާތަނަށް މާލޭގައި ބަހައްޓާފައިވާ މާލޭ މީހުން ވޯޓުލާ ފޮށިތަކާއި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭ ރައްޔިތުން ވޯޓު ދިނުމަށް ހާއްސަ ކޮށްފައިވާ ވޯޓު ފޮށިތައް ކައިރީގައި ތިބި ރިޕޯޓަރުން ކުރިއަށްގެންދިޔަ އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި އެ ފޮށިތަކުން ފައްޔާޒު 65 އިންސަތައިން ކުރި ހޯއްދަވާނެއެވެ.

މި އިންތިހާބުގެ ވޯޓުލުން އަދި ނިމިފައެއް ނުވެއެވެ. ހަވީރު 4 އާއި ހަމައަށް ވޯޓު ލެވޭގޮތަށް ކުރިން އޮތް ނަމަވެސް މިހާރުވަނީ ހަވީރު 6 އާއި ހަމައަށް ވޯޓު ލުމުގެ ފުރުސަތު އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން