ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ޝަރުތުތަކަކާއެކު މިނިވަންކުރި އަމުރަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.
އަންމަޓީ ޝަރުތުތަކަކާއެކު މިނިވަންކުރި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ވަނީ އަންގާފައެވެ. ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާ އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު އަންމަޓީ ދޫކޮށްލީ މާރޗް މަހުއެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންކަމަށް ބުނެއެވެ. ދައުލަތުގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށްފަހު މައުޟޫއީ ގޮތުން މައްސަލަ ބެލުމަށް އެ ކޯޓަށް އަމުރުކޮށްފައެވެ.
އެ މައްސަލަ މިއަދުވަނީ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. ހައި ކޯޓުން އެމައްސަލާގައި މިއަދު ނިންމި ނިންމުމުގައި ވަނީ އަންމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ ފުރުސަތު މިހާރު ނެތް ކަމަށެވެ. އެގޮތުން އޭނާގެ ޕާސްޕޯޓްގެ މުއްދަތު އޮތީ ހަމަވެފައި ކަމަށާއި އޭނާ ކޮންމެ ދުވަހަކު ކަރެކްޝަނަށް ހާޒިރުވާން ކޯޓުން ޝަރުތު ކޮށްފައިވާކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އޭގެއިތުރުން އަންމަޓީ ފިލުމަށް އޮތް ފުރުސަތު ހަނިކުރުމަށްޓަކައި އޭނާ ޕާސްޕޯޓް އައުކުރުމަށް އެދިއްޖެނަމަ އެކަން ކޯޓަށް އަންގަން އިމިގްރޭޝަނަށް ކޯޓުން ވަނީ އަންގާފައި ކަމަށްވެސް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ހައިކޯޓުން ނިންމާފައިވަނީ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ޝަރުތުތަކަކާއެކު މިނިވަންކުރި އަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށެވެ.
ހުޅުމާލެއިން ގިނަބަޔަކަށް ބޯހިޔާވަހިކަން ދޭނެކަމަށްބުނެ އެމީހުން ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ދަޢުލަތުންވަނީ 42 ދައުވާ އުފުލާފައެވެ. އެހުރިހާ ދަޢުވާތަކަށް އޭނާވަނީ ކޯޓުގައި އިންކާރުކޮށްފައެވެ.
13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.
އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކޯޓަށް ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކަކާއި ގުޅިގެންނެވެ. އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު