ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ރަށްރަށުގެ ރައްޔިތުންނަށް އަބަދު ފާޑުކިވިދާޅުވާތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، ރައީސް ނަޝީދުގެ ފެކްޝަނުން ޗެއަރޕާސަންކަމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން، އޭނާއަށް ތާއީދުކުރަށްވައި ކެމްޕޭނުގައި އުޅުއްވި ބޮންޑޭ ގެންދަވަނީ ވާދަވެރި ކެންޑިޑޭޓު، ފައްޔާޒު އިސްމާޢީލްގެ ޓީމަށާއި ސަރުކާރަށް ވަރަށް ފާޑުވިދާޅުވެފައެވެ.
ބޮންޑޭ މިއަދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާ ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބު ކުރީ "ތިލަފަތުގެ ރަމްޒު" ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ބިރާ ނުފޫޒާ ދެކޮޅަށް މާލޭގެ 15 ދާއިރާއިން 12 ދާއިރާ ކާމިޔާބު ކުރީ ތިލަފުގެ ރަމްޒު. ރާއްޖޭގެ ޖިއޮގްރަފީއަށް ބަލާއި ވަރަށް ފަސޭހައިން ބަސްތާއަކަށް 300 ކާށި ގުނާފަ އެޅިދާނެއެވެ. އަދި 600 ބޯ ފޮޅިވެސް އެޅިދާނެ." ބޮންޑެ ވިދާޅުވެފައިވެއެވެ.
ބޮންޑެގެ މި ވާހަކަތަކާއި ގުޅިގެން ރޮޒޭނާވަނީ އަބަދު ރަށްރަށުގެ މީހުންނާ އަޅައިގަނެގެން ވައްބަހުން މަލާމާތް ކުރަން ނޫޅުއްވުމަށް ބޮންޑެއަށް ގޮވާލައްވާފައެވެ. ރޮޒޭނާ ވިދާޅުވީ، އެފަދަ ބަސްތައް ބޭނުން ކުރަށްވައިގެން އަތޮޅު ތަކުގެ ރަށްރަށުގެ މީހުންނަށް ވައްބަހުން ޖެހުމަކީ އެމްޑީޕީއަށްވެސް ހުތުރު ކަމެއްކަމަށެވެ.
"އަޅުގަނޑުމެން މާލެއަށް ނިސްބަތްވާ މީހުންވެސް ލަދުން ބޯހަލާކު ވާވަރުވޭ، ބޮންޑެގެ ބޯހަމަޖެހޭތޯ މީހުން އެބަ އަހާ!" ރޮޒޭނާ ވިދާޅުވިއެވެ.
އިއްޔެގެ އިންތިހާބުގެ ނަތީޖާ ނުކުތްގޮތުން، އެމްޑީޕީގައި ތިބި ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް މެންބަރުންނަށް ވަނީ އެކަން ބަލައިގަންނަން ދަތިވެ، ވަގު ވޯޓުގެ ތުހުމަތު އަޅުވާފައެވެ. އެވޮތުން މިއަދުގެ ވަރަށް ހަވީރާ ޖެހެންދެން ވެސް އެމީހުން ތިބީ މޮޅުވި އެމްޑީޕީގެ ޓީމަށް މަރުހަބާވެސް ނުކިޔައެވެ.
އެކަމަކު ފަހުން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް އިންތިއާއި ރައީސް ނަޝީދު ވެސް ފައްޔާޒަށް މަރުހަބާ ވިދާޅުވުމުން އިންތިގެ ގިނަ ސަޕޯޓަރުން ވެސް މިހާރު އަންނަނީ ބަލި ގަބޫލުކޮށް ފައްޔާޒަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް، ބޮންޑެ ފާހަގަ ކުރެވިފައިވަނީ އިންތިހާބުގެ ނަތީޖާއަށްފަހު ވެސް ބައިބައިވުން އުފެދޭފަދަ ވާހަކަތައް ތަކުރާރު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

Abadhu rah rashuge meehunnaa alhaiganegen vahbahun malaamaai kuran noolhebala Bonda!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 15, 2022
Thee mi party ah ves huthuruvaa kameh!
Adhi alhugandumen Male’ ah nisbaivaa meehun ves ladhun bo halaakuvaavaru vey! Bonda ge bo hamajeheytho meehun eba ahaa! https://t.co/4N2Cp8LmAM
އިއްޔެގެ އިންތިހާބުގެ ނަތީޖާ ނުކުތްގޮތުން، އެމްޑީޕީގައި ތިބި ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް މެންބަރުންނަށް ވަނީ އެކަން ބަލައިގަންނަން ދަތިވެ، ވަގު ވޯޓުގެ ތުހުމަތު އަޅުވާފައެވެ. އެވޮތުން މިއަދުގެ ވަރަށް ހަވީރާ ޖެހެންދެން ވެސް އެމީހުން ތިބީ މޮޅުވި އެމްޑީޕީގެ ޓީމަށް މަރުހަބާވެސް ނުކިޔައެވެ.
އެކަމަކު ފަހުން އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް އިންތިއާއި ރައީސް ނަޝީދު ވެސް ފައްޔާޒަށް މަރުހަބާ ވިދާޅުވުމުން އިންތިގެ ގިނަ ސަޕޯޓަރުން ވެސް މިހާރު އަންނަނީ ބަލި ގަބޫލުކޮށް ފައްޔާޒަށް މަރުހަބާ ކިޔަމުންނެވެ. ނަމަވެސް، ބޮންޑެ ފާހަގަ ކުރެވިފައިވަނީ އިންތިހާބުގެ ނަތީޖާއަށްފަހު ވެސް ބައިބައިވުން އުފެދޭފަދަ ވާހަކަތައް ތަކުރާރު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު