ދިވެހިރާއްޖެއިން ސައިޕްރަސްއަށް ކޮންސުލް ޖެނެރަލްއެއް ކަނޑައަޅައިފިއެވެ.

ރާއްޖެއިން ސައިޕްރަސްއަށް ކަނޑައެޅި ކޮންސުލް ޖެނެރަލްއަކީ އެލިއާސް އިދު ނަމަކަށް ކިޔާ ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ސައިޕްރަސް ކަނޑައަޅާ ކޮންސުލް ޖެނެރަލްގެ ލިޔުން ވަނީ އެލިއާސްއާ ހަވާލުކުރައްވާފައެވެ. މަގާމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލްއެވެ.



ސަފީރުންނާއި ހިލާފަށް ބޭރު ގައުމުތަކުގައި ރާއްޖޭގެ ކޮންސުލް ޖެނެރަލުންގެ ގޮތުގައި އާއްމު ގޮތެއްގައި ތިއްބަވަނީ އެ ގައުމެއްގެ ބޭފުޅުންނެވެ. މި ބޭފުޅުންގެ މައިގަނޑު މަސައްކަތަކީ އެ ގައުމުތަކަށް ޒިޔާރަތްކުރާ ނުވަތަ ދިރިއުޅޭ ދިވެހިންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިވެދިނުމެވެ.

ރާއްޖޭގައި އެހެން ގައުމުތަކުގެ ކޮންސުލް ޖެނެރަލުން ތިއްބާވާއިރު، އާއްމު ގޮތެއްގައި އެ މަގާމުތަކުގައި ތިއްބަވަނީ ދިވެހިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން