5 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަ ކުރުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2 ޖުލައި 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނަށް ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެ ޕާޓީގައި ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށާއި އެހެންކަމުން، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެންބަރުން، 23 މެއި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އައިޑީކާޑު ކޮޕީއަކާއިއެކު ސިޓީ މެއިން ކުރުމަށް އެޕާޓީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ޕްރައިމަރީގައި ވާދަކުރުމަށް 4 ދުވަހުގެ މުއްދަތެއް ދީ އިއުލާނުކޮށްފައިވާއިރު، ދާދިފަހުން މާލެ ސިޓީގެ ވިލިނގިލީ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަނުގައި ބައިވެރިވުމަށް، ސުންގަޑި ހަމަވިފަހުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމުން އެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް އޮތީ ގެއްލިފައެވެ. އެހެންކަމުން އެ އިންތިހާބުގައި ވާދަކުރީ ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެންމެ ވޯޓެއްގެ ތަފާތުން އެ އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ.

އިއުލާން: MDP/2022/023 ހއ.ވަށަފަރު، ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުން
— MDP Secretariat (@MDPSecretariat) May 19, 2022
https://t.co/S2EUxTguNn
އަދި އެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށާއި އެހެންކަމުން، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެންބަރުން، 23 މެއި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އައިޑީކާޑު ކޮޕީއަކާއިއެކު ސިޓީ މެއިން ކުރުމަށް އެޕާޓީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ޕްރައިމަރީގައި ވާދަކުރުމަށް 4 ދުވަހުގެ މުއްދަތެއް ދީ އިއުލާނުކޮށްފައިވާއިރު، ދާދިފަހުން މާލެ ސިޓީގެ ވިލިނގިލީ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަނުގައި ބައިވެރިވުމަށް، ސުންގަޑި ހަމަވިފަހުން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމުން އެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް އޮތީ ގެއްލިފައެވެ. އެހެންކަމުން އެ އިންތިހާބުގައި ވާދަކުރީ ޕީޕީއެމާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެންމެ ވޯޓެއްގެ ތަފާތުން އެ އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ.
ކިޔުންތެރިންގެ ހިޔާލު