އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ކ)
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު (ކ)
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވެއްދުމަށް ޕާޓީތަކުން ހުށަހަޅާފައިވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރަން ފަށައިފިއެވެ.

އީސީން ވަނީ، ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އީސީގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން އެމީހަކަށްވެސް މެސެޖަކުން އެކަން އަންގަން ނިންމާފަ އެވެ.

އީސީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮމިޝަނަށް ހުށައަޅާ ފޯމުގައިވާ މައުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރަށް މެސެޖެއްވެސް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.

އީސީން މިއަދު އާއްމުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 23 ފޯމާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ 105 ފޯމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ 245 ފޯމެވެ.

އީސީން ވަނީ ކޮމިޝަންގެ ވެބްސައިޓުން ފެންނަ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް، 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 15:00 ގެ ކުރީން އީސީގެ މައިއިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެހަށް ފޯމު ފޮނުވައިގެން ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.

ސައްހަ ނޫން ފޯމް ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަކީ ގިނަ ދުވަސްވީ ބޮޑު މައްސަލައެކެވެ. އަދި މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް އެޅިފައެއް ވެސް ނުވެއެވެ.

ނަމަވެސް، މިއަހަރަށް ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރުމުގެ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުންވަނީ މިކަމަށް ހައްލެއް ހޯދުމަށް އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ. މި ބަދަލާއިއެކު ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން