މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ (ވ)
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ (ވ)
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އުޝާމް ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް ޝަހުބާންގެ ކިބައިން އުނިވެއްޖެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އުޝާމް ވިދާޅުވީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުން އަބުރުވެރި އަހްލާގް ރަގަޅު މީހެއްކަމަށްވުމަކީ މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭކަމެއް ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"ގާނޫނުގަ ބުނާ ސިފައެއް އުނިވުމަކީ މަގާމުން ވަކިވާނެ ހާލަތެއް." އުޝާމް ވިދާޅުވެފައިވެއެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގައިވާގޮތުން އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތެއް މެދުވެރިވުމުންނެވެ. އެއީ ދައުރު ހަމަވުމުން، އިސްތިއުފާދިނުމުން، ކައުންސިލުގެ މެމްބަރުކަމުން ވަކިކުރުމުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމުންނެވެ.

ޝަހުބާން ފަހުމީ އާއި އޭނާގެ ބޭބެ އަލްހާން ފަހުމީ ހިމެނޭހެން އުފައްދާފައިވާ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން މިހާރުދަނީ ތަޙުޤީޤުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން