އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބަޖެޓަށް ބުރަވާތީވެ އަތޮޅު ކައުންސިލްތަކުގެ ބަޖެޓުން އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިފިއެވެ.
މި އިންތިހާބުތަކާއި ގުޅިގެން އީސީގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ، އާ ކައުންސިލްތައް އެކުލަވާލި ފަހުން ކޮންމެ މަހަކު ކަހަލަ ގޮތަކަށް ކޮންމެ ވެސް އެއް ކޮމިޓީއަކުން މެންބަރުން އިސްތިއުފާ ދެމުންދާކަމަށެވެ.
އަދި އެފަދަ ބައި-އިލެކްޝަނެއް ބާއްވަން ކޮންމެ ފަހަރަކު 150،000 ރުފިޔާ ހަރަދުވާކަމަށާއި މިދާގޮތަށް ދާކަމުގައިވާނަމަ، ޖުލައި އޮގަސްޓު ހިސާބުގައި އީސީގެ ބަޖެޓު ހުސްވާނެކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުން އިސްތިއުފާ ދޭ ކޮންމެ ފަހަރަކު އިންތިހާބު ބޭއްވުމުގެ ބަދަލުގައި އަހަރަކު މަދުވެގެން ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ފުއާދު ވަނީ ހުށަހަޅުއްވާފައެވެ.
މިކަމާއި ގުޅިގެން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އީސީގެ ހުށަހެޅުމަކީ ވެސް ރަނގަޅު ހުށަހެޅުމެއް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މައި އިންތިހާބު އީސީން ބާއްވާފައި ބައި އިލެކްޝަންތައް ކައުންސިލްތަކަށް ދޫކޮށްލަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރުން އެތައްތަނެއް ހަރަދު ކުޑަވެގެން ދާނެކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
އަދި އެފަދަ އިންތިހާބުތައް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ބޭއްވިއްޖެނަމަ އެތައްތަނެއް ފަސޭހަވެގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އީސީއަށް ކުރިމަތިވެފައިވާ ބަޖެޓް އަދި އިދާރީ ދަތިކަމަށް އޮތް ހައްލެއްގެ ގޮތުން އެލްޖީއޭއިން ހުށަހެޅީ ލާމަރުކަޒީކޮށް ކައުންސިލްތައް ބައިވެރިކޮށްގެން އަތޮޅު ކައުންސިލްތަކުން އިންތިހާބު ބޭއްވުން، އެ ކަމަށް އަތޮޅު ކައުންސިލްތަކަށް ވަސީލަތް ލިބިގެން." ކޮމެޓީގެ ބައްދަލުވުމަށްފަހު އަފްޝަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރު މިހާތަނަށް 10 ބައި-އިލެކްޝަން އީސީންވަނީ ބާއްވާފައެވެ. އަދި އަންނަ މަހު ފަސް ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވާއިރު، އަދި އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހޭކަމަށް އީސީން ބުނެއެވެ.

Miadhuge comm bahdhaluvumuga, WDC bielection thah ginaginain baavvan jehumun EC ah kurimathivaa budget adhi idhaaree dhathikamah oiy eh hallehge gothun LGA in hushahelhee laamarkazeekoh councilthah baiverikoggen atholhu council thakun inthihaab beyvun (mikamah vaseelaiy libigen) https://t.co/0gWHgzOZkP
— Afshan Latheef 🎈 (@AfshanLatheef) May 23, 2022
މިކަމާއި ގުޅިގެން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އީސީގެ ހުށަހެޅުމަކީ ވެސް ރަނގަޅު ހުށަހެޅުމެއް ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މައި އިންތިހާބު އީސީން ބާއްވާފައި ބައި އިލެކްޝަންތައް ކައުންސިލްތަކަށް ދޫކޮށްލަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރުން އެތައްތަނެއް ހަރަދު ކުޑަވެގެން ދާނެކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
އަދި އެފަދަ އިންތިހާބުތައް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ބޭއްވިއްޖެނަމަ އެތައްތަނެއް ފަސޭހަވެގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އީސީއަށް ކުރިމަތިވެފައިވާ ބަޖެޓް އަދި އިދާރީ ދަތިކަމަށް އޮތް ހައްލެއްގެ ގޮތުން އެލްޖީއޭއިން ހުށަހެޅީ ލާމަރުކަޒީކޮށް ކައުންސިލްތައް ބައިވެރިކޮށްގެން އަތޮޅު ކައުންސިލްތަކުން އިންތިހާބު ބޭއްވުން، އެ ކަމަށް އަތޮޅު ކައުންސިލްތަކަށް ވަސީލަތް ލިބިގެން." ކޮމެޓީގެ ބައްދަލުވުމަށްފަހު އަފްޝަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރު މިހާތަނަށް 10 ބައި-އިލެކްޝަން އީސީންވަނީ ބާއްވާފައެވެ. އަދި އަންނަ މަހު ފަސް ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވާއިރު، އަދި އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހޭކަމަށް އީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު