ކުރާނެ މަސައްކަތެއް ނެތިގެން މިއަދުގެ މަޖިލިސްވެސް ނިންމާލައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ކުރިއަށް ގެންދިޔަ މަސައްކަތަކީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވުމެވެ. މީގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުވެސް މިއަދުގެ މަޖިލީހުގައި އިއްވިއެވެ.
ހަމައެއާއެކު މިއަދުގެ މަޖިލީހުގައި، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއަވާފައި ހުންނަވާ ސަފީރުކަމަށް އައިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.
ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައިވަނީ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތް ކަމަށެވެ. ނަމަވެސް ކޮމިޓީތަކުގެ މަސައްކަތްތައް ހުރިކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މިދިޔަ ދައުރުގެ ތަފާސް ހިސާބު ދައްކާގޮތުން މަޖިލީހަށް ޖުމުލަ 131 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ނިމިފައި ވަނީ 65 މައްސަލައެއް ކަމަށެވެ. އެއީ 49.6 އިންސައްތައެވެ. މިދިޔަ ދައުރުގައި މަޖިލީހުގެ 35 ޖަލްސާވަނީ ބާއްވާފައެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު