މާލޭގައި ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބުނީ މިއީ އެކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

ކައުންސިލުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މިއަދު ހަވީރު ކުރިއަށް ގެންދާނީ އިންޑަސްޓްރިއަލް ވިލެޖް ކުރިމަތީގައިކަމަށެވެ.

ނަމަވެސް މި ހަރަކާތުގެ ދަށުން އިންދަނީ ކިހާ އަދަދެއްގެ ކަދުރު ރުއް ކަމެއް ކައުންސިލުން ހާމައެއްނުކުރެއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާރުވެސް ވަނީ މާލޭގައި އަނބު ގަސް އިންދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން