ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭމަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ބާއްވާ ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ކޮއްކޮ އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ނާޒިމް ސައްތާރު މިއަދު ވިދާޅުވީ ހަމަލާގެ ޝަރީއަތް އޮބްޒާވްކުރުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދުމާއި ގުޅިގެން އެ ފުރުސަތު ފަހިވެގެންދާނެކަން މިއަދު ކްރިމިނަލް ކޯޓުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
މޭ ހައެއްގެ ހަމަލާއާއި ގުޅިގެން އެ މައްސަލައިގާ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ކުރިއަށްދާ ސްޕީޑް ލަސްކަމަށް ބުނެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޝަރީއަތް ލަސްވުމުގެ ސަބަބުން އެމަނިކުފާނަށް ދިރިއުޅުއްވަން ޖެހިފައިވަނީ ވަރަށް ދަތި ހާލަތެއްގައި ކަމަށް ބުނެ އެމަނިކުފާނުގެ އާއިލީ ބޭފުޅުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެއެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެއެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ގަޒިއްޔާތަކުގެ ތެރެއިން ދެ ގަޒިއްޔާއެއްގެ އަޑުއެހުން މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.
މޭ ހައެއްގެ ހަމަލާއާއި ގުޅިގެން އަމިއްލަ އިއުތިރާފާއެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަޙްމަދު އަދުހަމަށް އެކަންޏެވެ. އަދުހަމާއެކު ދެން ހަމަލާއާ ގުޅޭ ދައުވާތައް އުފުލީ ތަހްނީމް އަޙްމަދާއި މުޖާޒު އަޙްމަދާއި އިސްހާގާއި ފަހުމީ ޢަލީ އަދި ޢަލީ ހައިޝަމްގެ މައްޗަށެވެ. ހަމަލާއަށްފަހު ހައްޔަރުކޮށް ޓެރަރިޒަމްގެ އެހެން ދައުވާތައް އުފުލާފައިވަނީ މުޙައްމަދު ތަސްލީމާއި ޢަބްދުالله އަލީ މަނިކާއި މުޙައްމަދު ނާޒިމާއި ޙަސަން ޔާސީން އަދި މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

I have just been informed by @CRCMaldives that @MohamedNasheed lawyers will be allowed to observe 6 May 2021 bomb trial. Tomorrow Monday 9am, pretrial motions are scheduled. @Kirsty_Brimelow
— Nazim Sattar (@nazimsat) May 29, 2022
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެއެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެއެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ގަޒިއްޔާތަކުގެ ތެރެއިން ދެ ގަޒިއްޔާއެއްގެ އަޑުއެހުން މާދަމާ ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.
މޭ ހައެއްގެ ހަމަލާއާއި ގުޅިގެން އަމިއްލަ އިއުތިރާފާއެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަޙްމަދު އަދުހަމަށް އެކަންޏެވެ. އަދުހަމާއެކު ދެން ހަމަލާއާ ގުޅޭ ދައުވާތައް އުފުލީ ތަހްނީމް އަޙްމަދާއި މުޖާޒު އަޙްމަދާއި އިސްހާގާއި ފަހުމީ ޢަލީ އަދި ޢަލީ ހައިޝަމްގެ މައްޗަށެވެ. ހަމަލާއަށްފަހު ހައްޔަރުކޮށް ޓެރަރިޒަމްގެ އެހެން ދައުވާތައް އުފުލާފައިވަނީ މުޙައްމަދު ތަސްލީމާއި ޢަބްދުالله އަލީ މަނިކާއި މުޙައްމަދު ނާޒިމާއި ޙަސަން ޔާސީން އަދި މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.
ކިޔުންތެރިންގެ ހިޔާލު