ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާ 50 ހައުސިން ޔުނިޓް ޢިމާރާތްކުރަނީ 2 ފަންގިފިލާ ހިމެނޭ ގޮތަށެވެ. މި ޔުނިޓްތަކުގައި 700 އަކަފޫޓު ހުންނާނެ އެވެ. ޔުނިޓެއްގައި ހިމެނޭނީ ތިން ފާހާނާ، ތިން ކޮޓަރި، ސިޓިން ރޫމް، ބަދިގެ، ކާގޯ ރޫމް ލޯންޑްރީ އަދި ސްޓޯ ރޫމެކެވެ.
މީގެ އިތުރުން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއްވެސް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ވިޝާން ނަސީމެވެ. ދޮންބޭޒް ކުންފުނީގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް، އަލީ ހަމްދޫން އެވެ.
ޕީއެސްއައިޕީގެ ދަށުން ހިންގޭ މި މަޝްރޫއު ދޮންބޭޒް އާ ހަވާލުކޮށްފައިވަނީ 48.1 މިލިއަން ރުފިޔާއަށް، 270 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު