ގިނަ ގައުމުތަކުން ކޮތަޅަށް އަޅައިގެން ނެރެނީ ހަމައެކަނި ކުނިވާ ޒާތުގެ ކުނި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އުކާލަން ކުނި ނެރޭއިރު ކުނީގެ ބައިތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް އެންގުމުން ކުނި ވަކިކޮށްފައި ނެރޭއިރު ވަކިވަކި ކޮތަޅުތަކުގައި ނެރެމުންދާތީ އެކަމަށް އިޝާރަތްކުރައްވަމުންނެވެެ.

ރައީސް ނަޝީދު ވިދާޅުވީ ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ އެހެން ގައުމުތަކުން އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގިނަ ގައުމުތަކުން ކޮތަޅަށް އަޅައިގެން ނެރެނީ ހަމައެކަނި ކުނިވާ ޒާތުގެ ކުނި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.



ގޭބިސީތަކުން އުކާލާ ކުނި ބައިބަޔަށް ވަކިކޮށްގެން ނެރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ގެޒެޓްކޮށްފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުން ވަނީ ލާޒިމްކޮށްފައެެވެ. އެ އުސޫލަށް އިއްޔެ އިން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު ކުނިތައް ވަކިވަކި ކޮތަޅުތަކުގައި ހުރުމުން ޕްލާސްޓިކަށް ކުރެވޭ ހޭދަ އިތުރުވާނެ ކަމަށް ބުނެ އެކަމާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެމްކޯ އިން ބުނީ ވެމްކޯ އިން އަންގާފައިވާ ގޮތަށް ހަތަރު ބަޔަށް ކުނި ވަކިކޮށްފައި ނުހުންނަ ގޭބިސީތަކުން ނެރޭ ކުނި ބަލައިނުގަމުގެ އިޚްތިޔާރު ވެމްކޯއަށް ލިބިގެންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން