އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން
ރަށުން ބޭރުގައި ތިބި އެމްޑީޕީގެ މެންބަރުން ހޯމަދުވަހަށް މާލެ އައުމަށް އަންގައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވުމަށް އަންގާފައިވާއިރު އެދުވަހުގެ ޖަލްސާއަށް ހައިކޯޓުގެ ފަނޑިޔާރެއް ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. އަދި އެ މައްސަލާގައި ތްރީ ލައިން ވިޕެއްވެސް އެމްޑީޕީން ވަނީ ނެރެފައެވެ.

މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުން ހިމެނޭ ގްރޫޕަށް ޕީޖީ ލީޑަރޝިޕުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ވާ ގޮތުގެ މަތިން، ފަނޑިޔާރު އަބްދުލް ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއިމެދު، ތްރީ ލައިން ގްރީން ވިޕެއް ނެރެފައި ވުމުން، މާލެއިން ބޭރުގައި ތިއްބެވި އެމްޕީން ހޯމަ ދުވަހުގެ ޖަލްސާއަށް ވަޑައިގެން ދެއްވުމަށް ދަންނަވާ ކަމަށެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، ފަނޑިޔާރުން ވަކިކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން ބަލައިނުގަތުމަށްވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ޖޭއެސްސީން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި މި ދެފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ.

ޖޭއެސްސީން އެ މައްސަލާގައި ފަނޑިޔާރުން ވަކިކުރުމަށް އޭޕްރީލް 25 ގައި މަޖިލީހަށް ހުށައަޅާފައިވަނިކޮށް މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް ވަނީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން