ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަންނިންމީ ގޯސްކޮށްކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުން ވަކިކުރުމާމެދު ޖުޑިޝަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް ފާސްކުރުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮޅަށް 48 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އެ މައްސަލައިގައި ޖޭއެސްސީން އަމަލުކޮށްފައިވާ ގޮތް ބަޔާންކޮށް އެ ކޮމެޓީއަށް ދެ ފަނޑިޔާރުންވަނީ ސިޓީއެއް ފޮނުއްވާފައެވެ. މައްސަލަ ކޮމެޓީގައި ދިރާސާ ކުރުމުގެ ތެރޭގައި ކޮމެޓީއަށް ފާހަގަވި އެންމެ މުހިންމު ކަމަކީ، މީގެ ކުރިން ކޮމިޝަނުން އެ މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީގެ ތިން މެންބަރުންގެ އިއްތިފާގުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމާފައިވާކަމެވެ. ނަމަވެސް، ފަހުން އެ ކޮމެޓީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، މަގާމުން ވަކިކުރަން ނިންމީ ކަމަށް ދެ ފަނޑިޔާރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދެވަނަ ކަމަކަށް ފާހަގަވެފައި އޮތީ އެ މައްސަލާގައި ޖޭއެސްސީން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދީފައިނުވާ މައްސަލައެވެ.

އެހެންކަމުން، އެކަމުގައި މެންބަރުންނަށް އިޖުރާއީ މައްސަލަތަކެއް ފާހަގަވާތީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން މިދިޔަ މަހުގެ 26 ގައި ނިންމީ، މިކަމުގައި އިޖުރާއީ ބައެއް ސުވާލުތަކެއް އުފެދޭތީ އެ ކަންކަން ސާފުކުރުމަށް ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމަށެވެ.

އަދި އެއަށްފަހު މި މައްސަލާގައި ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާޢީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ފޮނުއްވި ސިޓީއަށްވެސް ރިޔާއަތް ކުރެއްވުމަށްފަހުއެވެ.

އެކަމާ ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި ޖަވާބުދާރީވުމަށް ދިން ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެސް ވެފައި ވާކަމަށާއި މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.

ގާނޫނުގައި އޮންނަ ގޮތުން، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމެޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ. ކޮމެޓީން ބަލާނީ ޖޭއެސްސީން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން