ހައިކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ހަމީދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި މި ދެފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށެވެ.
މިއަދުބޭއްވި މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއިރު ފަނޑިޔާރު މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ. އެހެންކަމުން ފަނޑިޔާރު ޢަބްދުﷲ ޙަމީދު މަޤާމުން ވަކިކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޖިލިސް ތަޅުމުގައި އިއުލާންކުރައްވާފަ އެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަނީ މިދިޔަ ބުދަ ދުވަހު ތްރީ ލައިން ވިޕެއްވެސް ނެރެފައެވެ.
ފަނޑިޔާރު ޙަމީދު ވަކކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ކޮމިޓީން ފާސްކުރީ ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ފޮނުއްވި ސިޓީއަށްވެސް ރިޔާއަތް ކުރެއްވުމަށްފަހުއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުވެސް ބޭރުކޮށްލާފައެވެ.
ޖޭއެސްސީން އެ މައްސަލާގައި ފަނޑިޔާރުން ވަކިކުރުމަށް އޭޕްރީލް 25 ގައި މަޖިލީހަށް ހުށައަޅާފައިވަނިކޮށް މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް ވަނީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ފަނޑިޔާރުންގެ ގާނޫނުގައި އޮންނަ ގޮތުން، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެ ކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ޖުޑިޝަރީ ކޮމެޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ. ކޮމެޓީން ބަލާނީ ޖޭއެސްސީން ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ އެކަންޏެވެ.
އަލްއުސްތާޛު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު