ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭއަށް ރައީސަކު އިންތިހާބުކުރުމަށް އެޖެންޑާކޮށްފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ހަވީރު ސްޓެލްކޯގެ ސެމިނާ ރޫމުގައި އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޖަލްސާގެ އެޖެންޑާގައި ޖަމިއްޔާއަށް އައު ރައީސަކު އިންތިޚާބުކުރުމަށް ވަނީ ހިމަނާފައެވެ. އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާގައި އެމްޖޭއޭގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ނޫސްވެރިންގެ ޖަމިއްޔާގެ ރައީސްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙަމްދޫން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ހަމްދޫން މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.
އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި އެތަކެއް ގޮންޖެހުމަކަށް މީގެ ކުރިން އެޑްރެސްކޮށް އަޑުއުފުލާ އެކަމުގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފަ އެވެ. އަދި ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު