މި ވަގުތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުސީދާކޮށް ރައްދު ދެއްވައިފިއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވާހަކަފުޅު ދެއްކެވިތާ މާ ގިނައިރުތަކެއްނުވެ، ރައީސް ނަޝީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއީ އަމިއްލަ އުންމީދު ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށެވެ.
އަދި މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތްތަކާމެދު ވިސްނާ، މަގަށް އަޅުވަންވީ ވަގުތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނޫސްވެރިންނާ ބައްދަލުކުރަށްވައި ރައީސް ޞާލިހު މިއަދު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށާއި، އެމްޑީޕީ އިސްވެ ހަދާ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބުގައި ވާދަކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ނަޝީދު ވެސް މީގެ ކުރިންވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެކަން އިޢުލާން ކުރަށްވާވެފައެވެ. އެހެންކަމުން، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަ ކުރައްވާނެކަން މިހާރު މިވަނީ ސާފުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު