ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުން އަންނަ މަކުނުވިދުރިއާ ގުޅޭގޮތުން ރާއްޖޭގެ އެކި އިދާރާތަކާއި މުއައްސަސާތައް ތައްޔާރީ ޙާލަތަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖެއިން މިހާތަނަށް މިބަލި ފެނިފައި ނުވިނަމަވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުން މިބަލި ވަނީ ފެނިފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ މިބައްޔަށް ތައްޔާރުވުމަށްޓަކާ ކަމާބެހޭ މުވައްސަސާތަކާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އެކި ކުންފުނިތަކާއި ސަލާމަތީ ބާރުތަކުން ބައިވެރިވިއެވެ. އަދި އެޗްޕީއޭއިން ވަނީ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި ނޫސްވެރިންނަށްވެސް މިކަމާއި ގުޅޭ މައުލޫމާތު ޙިއްސާކޮށްފައެވެ.
އެޗްޕީއޭއިން ބުނީ މިބަލި ރާއްޖެއިން މިހާތަނަށް ފެނިފައި ނުވިނަމަވެސް އެޗްޕީއޭއިން ތައްޔާރުވަމުން އަންނަނީ ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު ބޮޑުކަމަށް ބަލައިގެން ކަމަށެވެ.
ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކޯވިޑުން ލިބުނު ތަޖުރިބާތަކުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވެ، ރައްކާތެރިކަން ހޯދަން ވަނީ ފަސޭހަވެފައެވެ.
މަކުނުވިދުރި ބަލި ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މެއިމަހުގެ 13ގައެވެ.
ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ ބަލިޖެހުމުން 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.
ޢާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

Meeting with stakeholders to plan monkeypox preparedness. pic.twitter.com/NlpFT0Sl9x
— Ministry of Health (@MoHmv) June 10, 2022
ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކޯވިޑުން ލިބުނު ތަޖުރިބާތަކުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތަކުން ސަލާމަތްވެ، ރައްކާތެރިކަން ހޯދަން ވަނީ ފަސޭހަވެފައެވެ.
މަކުނުވިދުރި ބަލި ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މެއިމަހުގެ 13ގައެވެ.
ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ ބަލިޖެހުމުން 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.
ޢާއްމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ޚިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު