ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލެޓްތަކަށް އެ ކުންފުނިން އަމިއްލައަށް ކަރަންޓު ލުމުގެ މަސައްކަތް ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލު ކޮށްފައިވާ މި މަސައްކަތް ލަސްވާތީ، އެކަން އަވަސް ކުރުމުގެ ގޮތުން، ސްޓެލްކޯގެ އަމިއްލަ ހަރަދުގައި އަމިއްލަ މުވައްޒަފުންނާއެކު ސްޓެލްކޯގެ ޓަވަރުތަކަށް ކަރަންޓް އެޅުމުގެ މަސައްކަތް ކުރަން އެ ކުންފުނީގެ ބޯޑުން ނިންމީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ބޯޑުގެ ނިންމުމާއި އެއްގޮތަށް، ފުލެޓުތަކަށް ކަރަންޓު ދިނުމަށް ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.
ސްޓެލްކޯއިން މި މަސައްކަތް ފަށާފައި މި ވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެޗްޑީސީން އެންމެފަހުން ބުނެފައިވަނީ، އެޗްޑީސީން އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯގެ ޓަވަރުތަކަށް ވެސް ކަރަންޓް ގުޅައިދޭނެކަމަށެވެ.

ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް މިކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާއި އެއްގޮތަށް pic.twitter.com/NUSXOjRwxW
— STELCO (@STELCOMALDIVES) June 11, 2022
ސްޓެލްކޯއިން މި މަސައްކަތް ފަށާފައި މި ވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެޗްޑީސީން އެންމެފަހުން ބުނެފައިވަނީ، އެޗްޑީސީން އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯގެ ޓަވަރުތަކަށް ވެސް ކަރަންޓް ގުޅައިދޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު