އިންޑިއާގެ ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް އިންޑިއާގައި ބޭއްވި މުޒާހަރާތަކާއި ގުޅިގެން ބައެއް މުސްލިމުންގެ ގެތައް ސަރުކާރުން ތަޅާލައިފިއެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ މުސްލިމުން މުޒާހަރާކުރަމުންދަނީ ވެރިކަންކުރާ ހަރުކަށި ބީޖޭޕީގެ އިސް ދެ ވެރިޔަކު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެނެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ މިފަދަ މުޒާހަރާތައް ބާއްވަމުންނެވެ.
އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާތަކާއި ގުޅިގެން ބައެއް ސްޓޭޓްތަކުގެ ސަލާމަތީ ހިދުމަތްތަކުން ވަނީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއްގެ ގެތައް މިހާރު ތަޅާލާފައެވެ. އަދި 300 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުސްލިމުންގެ ގެތައް ތަޅާލުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ހަރުކަށި ހިންދޫއެއްކަމަށްވާ އަދި ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ ޔޯގީ އަދިތްޔާނަންތު ޗީފް މިނިސްޓަރުކަންކުރާ އުއްތަރަޕަރަދޭޝްގައެވެ. އޭނާގެ އޯޑަރަށް މުސްލިމުންގެ ގެތައް ތަޅަމުންދާއިރު، ތަޅާލި ގެތަކުގެ ތެރޭގައި ސިޔާސީ ބައެއް ލީޑަރުންނާއި މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުންގެ ގެތައް ހިމެނެއެވެ.
ގެތައް ތަޅާލާ މަންޒަރު ހިމެނޭ ފޮޓޯތަކާއެކު ހިންދޫއިން ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މުސްލިމުންގެ ގެތައް ތަޅާލުން ކުށްވެރިކުރަމުންނެވެ.
2014 ވަނަ އަހަރު ބޮޑު އަގްލަބިއްޔަތަކަކާއެކު ހަރުކަށި ބީޖޭޕީގެ މީހުން ވެރިކަމަށް އައި ފަހުން އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އެތައް އަމަލުތަކެއް ދަނީ ހިންގަމުންނެވެ.

The demolition of Afreen Fatima’s house is a resounding message to all dissenters and critics of the Modi government. This video is the most precise definition of fascism and Indians need to collectively hang their heads in shame. This petty vindictiveness is us as a nation pic.twitter.com/mvnqgWNy9b
— Rana Ayyub (@RanaAyyub) June 12, 2022
މުސްލިމުންގެ ގެތައް ތަޅާލުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ހަރުކަށި ހިންދޫއެއްކަމަށްވާ އަދި ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ ޔޯގީ އަދިތްޔާނަންތު ޗީފް މިނިސްޓަރުކަންކުރާ އުއްތަރަޕަރަދޭޝްގައެވެ. އޭނާގެ އޯޑަރަށް މުސްލިމުންގެ ގެތައް ތަޅަމުންދާއިރު، ތަޅާލި ގެތަކުގެ ތެރޭގައި ސިޔާސީ ބައެއް ލީޑަރުންނާއި މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުންގެ ގެތައް ހިމެނެއެވެ.
ގެތައް ތަޅާލާ މަންޒަރު ހިމެނޭ ފޮޓޯތަކާއެކު ހިންދޫއިން ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ މުސްލިމުންގެ ގެތައް ތަޅާލުން ކުށްވެރިކުރަމުންނެވެ.
2014 ވަނަ އަހަރު ބޮޑު އަގްލަބިއްޔަތަކަކާއެކު ހަރުކަށި ބީޖޭޕީގެ މީހުން ވެރިކަމަށް އައި ފަހުން އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އެތައް އަމަލުތަކެއް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު