ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ކ. މާލެ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ އާއި ސ. މަރަދޫ ކޮރަލް އަޙްމަދު ސާތިޢު ކަމަށެވެ.
މިދެމީހުންގެ އަޙްމަދު ސާތިޢު ހައްޔަރުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މަޢުޞޫމް މުޙައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ ގއ. މާމެންދޫ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު އާއި ސ. ހުޅުދޫ ނާދީ، މުނާދު ޖަޢުފަރު ކަމަށެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން މަޢުޞޫމް މުޙައްމަދު ދީދީ އާއި އަޙްމަދު ސާތިޢު އިތުރުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި ސީނުގެ، އަޙްމަދު ޝިމްހާޒު އާއި ކ. މާލެ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް އާއި ގދ. ވާދޫ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް އާއި ގއ. ގެމަނަފުށި ކެނެރީގެ، އަޙްމަދު ނާޒިހުގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެންތިބި ހަތަރު މީހުންވެސް ތަހުގީގާއި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިއީ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު