މާމެންދޫ އިންޖީނުގެ (އެހާރާއި މިހާރު)
މާމެންދޫ އިންޖީނުގެ (އެހާރާއި މިހާރު)
35 އަހަރަށް ފަހު ލ. މާމެންދޫގައި ޒަމާނީ އިންޖީނު ގެއެއްގައި ކަރަންޓުގެ ޚިދުމަތްދޭން ފަށައިފިއެވެ.

ފެނަކައިން މިއަދު ބުނީ މި އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު އެރަށުގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ވަނީ ނިއްވާލާފައި ކަމަށެވެ. އެ އިންޖީނުގެއަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުރި އިންޖީނުގެއެކެވެ.

ފެނަކައިން ބުނީ އެ ކޯޕަރޭޝަނުން މާމެންދޫގައި އިއްޔެ ހުޅުވި އިންޖީނުގޭގައި 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 250 ކިލޯވޮޓްގެ 1 ޖަނަރޭޓަރ އިންސްޓޯލް ކޮށްފައި ހުންނާނެ ކަމަށެވެ. އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް އެއްފަހަރާ ދަތިކަމެއްނެތި މަސައްކަތް ކުރެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، މާމެންދޫ އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި ޕޭންޓްރީއަކާއި އިންޖީން ރޫމާއި ވޯރކްޝޮޕާއި ސްޓޯރ ރޫމާއި ދުން ބޭރުކުރާ ނިޒާމު ޤާއިމުކޮށްފައި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން އޮފީސް އިމާރާތުގައި އެޑްމިން ބަޔަކާއި، މީޓިންގް ރޫމާއި ރެސްޓް ރޫމާއި ޕޭންޓްރީއާއި މެނޭޖަރ ރޫމާއި ސްޓޯރޭޖް ރޫމެއް ވަނީ ހަދައިފައެވެ. އާ އިންޖީނުގޭގެ އޮފީސް ބައިގެ ބޮޑު މިނުގައި 160 އަކަ މީޓަރު ހުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން